އުމުރުން 20 އަހަރުގެ ޒުވާނަކު މަރާލުމަށްފަހު ކަރުބުރިކޮށް އާއްމުންނަށް ފެންނަހެން ބޭއްވި މައްސަލައެއް ފެންމަތިވެއްޖެެެއެވެ.

އިންޑިއާގެ ސީވަލަޕެރި ޑިސްޓްރިކްޓް ކައިރީ އޮންނަ އަވަށަކަށް ނިސްބަތްވާ އެ ޒުވާނާ އިހާނަތި ގޮތަކަށް މަރާލާފައިވާއިރު، އޭނާގެ ބޯ ބުރިކޮށް އެ އަވަށުގެ އޮޑިޓޯރިއަމްގައި ތެރޭގައި ވަނީ ބާއްވާފައެވެ.

އަދި އެ މީހާގެ ހަށިގަނޑުގެ ބައިތައް ކޯރަކަށް އުކާލާފައި ވަނިކޮށް ވަނީ ފެނިފައެވެ. ފުލުހުން ބުނީ، އެ ޒުވާނާގެ ބޯ ބުރި ފެނުމުން ހާއްސަ އޮޕަރޭޝަނެއް ކުއްތާތައް ބޭނުން ކޮށްގެން ފެށި ކަމަށެެވެ.

އިންޑިއާ ފުލުހުން ބުނިގޮތުގައި، މަރާލާފައި އޮއްވާ ފެނުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ. އެ ޒުވާނާ މަރާލާފައި ވަނީ ކީއްވެކަމެއް އަދި ކޮންބައެއްކަމެއް އަދި ނޭގެއެވެ.

އަދި އޭނާ މަރާލާފައި ވަނީ މަންމައާއެކު ހޮސްޕިޓަލަށް ގޮސް އެނބުރި ބަހުގައި ގެއަށް އެނބުރި ދިޔަ މަގުމަތީގައި، އެ ޒުވާނާ ބަހުން ފޭބި ފަހުއެވެ. އޭނާގެ މަންމަ ބުނިގޮތުގައި، އޭނާގެ ދަރިފުޅު ބަހުން ފޭބި ފަހުން އޭނާއަށް ނުފެނެއެވެ. އަދި އޭނާ ފަހުން ގެއަށް އައިސްދާނެ ކަމަށް ހީކޮށް، ގެއަށް ދިޔަ ކަމަށާއި، ނަމަވެސް ފަހުންވެސް އޭނާގެ ދަރިފުޅު ގެއަށް އައިސްފައިނުވާކަމަށް ވަނީ ބުނެފައެވެ.

މިހާރު އެ އާއިލާއާ އެ ޒުވާނާގެ ހަށިގަނޑު ވަނީ ހަވާލުކޮށްފައެވެ. އަދި އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު