ނުރައްކާތެރި ބޮޑު ދެ ގިނި ހިލައެެއް މާދަމާ ދުނިޔެ ހުރަސް ކުރާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ "ނާސާ" އިން ބުނެފިއެވެ.

ޖައްވުން އަންނަ މިފަދަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގައިއެވެ. ސައިންސްވެރިން ބުނީ މިފަދަ ގިނި ހިލައެއް ކައިރިވާކަން އެނގިއްޖެ ނަމަ އިންޒާރު ދޭން އޮންނާނީ އެންމެ 22 މަސް ކަމަށެވެ.

ގިނި ހިލަ VQ6 2018 އާއި ގިނި ހިލަ VP7 2018 ގެ ނަމުން ނަންދީފައިވާ މި ދެ ގިނި ހިލަ ދުނިޔެ ކައިރިން މާދަމާ ހުރަސް ކުރާ އިރު މި ދެ ގިނި ހިލަ ހުރަސް ކުރުމުގައި 20 މިނިޓްގެ ތަފާތެއް ހުންނާނެ ކަމަށް ސައިންވެރިން ބުނެއެވެ.

ނާސާއިން ބުނާ ގޮތުގައި މި ދެ ގިނި ހިލައިގެ ބޮޑު މިނުގައި 35 މީޓަރު ހުންނަ އިރު މި ދެ ގިނި ހިލަ ދަރުކުރާނީ ދުނިޔެއާއި 4 މިލިއަން ކިލޯމީޓަރު ދުރުންނެވެ. މި ގިނަހިލައިގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނޭކަމަށް، ސައިންސްވެރިން ބުނެފައިވެއެވެ.

މި ދެ ގިނި ހިލަ ދުނިޔެއާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުނިޔޭގެ ދިރުންތަށް ނެތިކޮށްލާ ވަރުގެ ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮންނަނީ ކޮންމެ 10،000 އަހަރުން އެއް ފަހަރުއެވެ.

ނާސާއިން ނުރައްކާތެރި ގިނިހިލައިގެ ގޮތުގައި ލޭބަލް ކުރަނީ ބޮޑުމިނުގައި 459 ފޫޓަށް ހުންހަ ގިނިހިލަތަކެވެ. އަދި އެއަށްވުރެ ކުޑަ ގިނިހިލައެއް ދުނިޔެއަށް ވެއްޓުނަސް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ނުލިބޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފަހުން މިފަދަ ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ސާރުގެ (ޑައިނަސޯގެ) އަސަރު ފޮހެލިކަމަށްވެއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯ އަށް ކަމަށްވެސް ބުނެވެއެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ.