ޕައިލެޓަކަށްވުމަށްފަހު އެންމެ ފުރަތަމަ ދުއްވި ބޮޑު ފްލައިޓްގައި މަންމަ އާއި މާމައާއެކު ދަތުރުކޮށް، މުޅި އާއިލާ ފަހުރުވެރިކޮށްފިއެވެ.

އިންޑިގޯގައި މަސައްކަތް ކުރާ ޕައިލެޓެއް ކަމަށްވާ ކްރިޝްނާ އިއްޔެ ޗެންނާއިން، ސިންގަޕޫރަށް ފުރުމުގެ ކުރިން އެންމެ ފުރަތަމަ އެ ޕައިލެޓް ގޮސް ޕެސެންޖަރ ސީޓުގައި އިން މަންމަ އާއި މާމަ ކައިރިއަށް ދިޔައެވެ. އަދި މަންމަ ކައިރިއަށްގޮސް، މަންމަ އާއި މާމަގެ ފައިތިލައިގައި އަތް ޖެއްސިއެވެ. އަދި އެނބުރި ކޮކްޕިޓްއަށް ދިޔައެވެ.

އެ މަންޒަރު ބަޔަކު ވަނީ ވީޑިއޯވެސްކޮށްފައެވެ.

އެ ދެމައިންވެސް ތިބީ އެ މީހުންނަށް ލިބިފައިވާ އެ ދަރިފުޅާއި މެދު ވަރަށް ބޮޑަށް ފަހުރުވެރިވެފައެވެ.

https://www.facebook.com/nagarjun.dwarakanath/videos/10157306739364252/

ކްރިޝްނާގެ މަންމަ އާއި މާމަ މީގެ ކުރިން މަތިންދާބޯޓެއްގައި ދަތުރުކޮށްފައެއް ނުވެއެވެ. އެ މީހުން ބޭނުންވީ އެމީހުންގެ ދަރިފުޅު ދުއްވާ މަތިންދާ ބޯޓަކީ އެމީހުން އަރާ ފުރަތަމަ މަތިންދާ ބޯޓަށް ހެދުމަށެވެ.

ޕައިލެޓަކަށް ވުމަކީ ކްރިޝްނާ ދެކެމުން ދިޔަ ހުވަފެނެކެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށް ބުނެ މީސް މީޑިއާގައި އޭނާގެ ރަހުމަތްތެރިއަކުވެސް ވަނީ އެ ވީޑިއޯ ޝެއާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު