އިންޑިއާގެ ދިއްލީގައި ކައިވެނީގެ ހަފްލާއަށް ދިޔަ މަގުމަތީގައި، ފިރިހެން މީހާ މަރާލަން އުޅެފިއެެެވެ.
ބާރަތު ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ ގަޔަށް ބަޑި ޖަހާ މަރާލަން އުޅުނީ، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ކައިވެނީގެ ހަފްލާ އޮތް ތަނަށް ހޯސްކާޓްގައި ދިޔަ ބާރަތު ގަޔަށް ބަޑި ޖެހުމުން އޭނާ އެ ހަފްލާއަށް ދިޔައިރު، ވަޒަން އޭނާގެ ހަށިގަނޑުގައި ހުރި ކަމަށް ވެއެވެ.
އެ ވަޒަން އަރާފައި ވަނީ އޭނާގެ ކޮނޑަށެވެ. އެ މީހުން އޭނާގެ ގަޔަށް ބަޑި ޖެހުމަށްފަހު ވަނީ ފިލާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ކައިވެނީގެ ހަފްލާއަށް ގޮސް ކައިވެނީގެ ހަފްލާ ނިންމާލުމަށްފަހު ވަނީ ފަރުވާ ހޯދާފައެވެ. އޭނާގެ އޮޕަރޭޝަނަށް ތިން ގަޑިއިރު ހޭދަވިއެވެ. ބާރަތު އަށް ހަމަލާދިން ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާއަށްފަހު އެ ދެ އާއިލާވެސް ތިބީ ކުއްލި ޝޮކެއްގައެވެ. އެފަދަ ކަމެއް ހިނގަންވީ ކީއްވެކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.
ފުލުހުން މިހާރު އެ މައްސަަލަ އިތުރަށް ބަލަމުން އަންނަކަމަށް ވެއެވެ.
ގަދަ ސޮރެއްނު. ކައިވެނި ފަސްކޮށް ނުލި ވިއްޔަ. ތެޔޮނާށި ކާޅުޖަހައިގެން ފާނެތީ
އެ ފިރިހެންމީހާ ޝަހީމްއާ ހާދަވައްތަރޭ
ޝަހީމް ކަމަށް އެވާނީ. ?