އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ނަމްބަރު އައިނު އަޅަންޖެހޭ ބަޔެކެވެ. އެހެނަސް، އެންމެ ކުރީސުރެން މީހުން ކިޔައި އުޅޭ ވާހަކައެއް އޮވެއެވެ. އެއީ ނަމްބަރު އައިނު އެޅުމުން އަހަރެމެންގެ ލޯ ބޮޑަށް ހަލާކުވާ ވާހަކައެވެ.

މިކަމާ ބެހޭ ގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވުނު ނަމަވެސް ސައިންސުވެރިން ބުނާ ގޮތުގައި އައިނު އެޅުމުން އަހަރެމެންގެ ލޯ ހަލާކުވާކަމަށް ހީވިނަމަވެސް، އެއީ ހީވާ ހީވުމެކެވެ. އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތެވެ.

މިހެން ކަންތައްތައް ވާން މެދުވެރިވަނީ ގިނަދުވަސް ތަކެއް ވަންދެން އައިނު އެޅުމައް ފަހުގައި އައިނު ނާޅާ އުޅެންޖެހުމުން ކަމައް ސައިންސުވެރިން ބުނެއެވެ.

ކޮންމެއަކަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ އައިނު އެޅިޔަސް ނޭޅިޔަސް ލޮލަށް ޖެހޭ ބަލިތައް ހުންނަކަމެވެ. މިކަންކަން ރަނގަޅު ވާނީ މާތްﷲ އަހަރެމެންނަށް ބަލިތަކުގެ ޝިފާއެއް ކަމުގައި މެދުވެރި ކުރައްވާފައިވާ ބޭސްތައް ބޭނުންކޮށްގެންނެވެ.

އައިނު އެޅުމުން ލޮލުގެ ފެނުން ދައްވާކަމަށް އަހަރެމެންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރާ އިރުގައި، ލޮލުގެ ފެނުން ދަށްވަނީ އައިނު އަޅައިގެން ނޫންކަން އަހަރެމެން ގަބޫލުކުރަން އެބަ ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއްކޮ

    ކޮންޓެކްޓް ލެންސް ލައްވައިގެން ލޮލުގެ ދުވަސް ދޭ. މާގިނައިރު ލައްވައިގެންނާއި ފަރުވާކުޑަކޮށް ސާފުނުކުރުމުން ލޮލުގެ ކަޅީގަ ފާރު އުފެދި ބައެއް މީހުން ލޮލުގެ ފެނުން އެއްކޮށްގެއްލޭ ނޫނީ ކޯނިއަލް ޓްރާންސްޕްލާންޓެއް ހަދަންޖެހޭ ހާލަތައް ދޭ. ވަަރަށް ފަރުވާތެރިކަމާއި އެކު ގެންގެޅެންޖެހޭ އެއްޗެެެއް ކޮންޓެކްޓް ލެންސްއަކީ. ނޫނީ މުޅި ލޮލުގެ ދުވަސްދާނެ. ވަރަަަށް ގިނަ ދިވެހި ކުދިން މިހާރަކަށް އައިސް ލެންސުގެ ސަބަބުން ލޯ ހަލާކުކޮށްލައިގެންް ދާނެ ޑޮކްޓަރަށް. އެންމެ ސޭފްގޮތަކީ އައިނު އެޅުން.

  2. މުއުމިން

    ޔާﷲ