ބޮލީވުޑްގެ ފިލްމް " ސޮނޫ ކީ ޓިޓޫ ކީ ސްވީޓީ" ގެ މަޤްބޫލުކަން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާއިރު، މިހާރު މި ފިލްމް ވެފައި މިވަނީ، އަކްޝޭ ކުމާރުގެ 'ޕަޑްމަން' ފަހަތަށް ޖައްސާލުމަށްފަހު ދެވަނަ އަށް އެންމެ ބޮޑު ފައިދާ ލިބުނު ފިލްމަށެވެ.

މިހާތަށް އެންމެ ބޮޑު ފައިދާއެއް ހޯދައިގެން ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައިވަނީ، ސަންޖޭ ލީލާ ޑައިރެކްޓްކޮށް، ޖެނުއަރީ މަހު ރިލީޒްކޮށްފައިވާ ފިލްމް 'ޕަޑްމާވަޓް'އެވެ.

ރިލީޒްކުރިތާ ތިން ހަފްތާ ތެރޭ، 82.1 ކޮރޯޑް ހޯދައިގެން 'ސޮނޫ ކީ ޓިޓޫ ކީ ސްވީޓީ" މި ވަނީ އަކްޝޭ ކުމާރުގެ 'ޕަޑްމަން' ފަހަތަށް ޖައްސާ، މިހާތަނަށް ދެވަނައަށް އެންމެ ފައިދާ ބޮޑު ފިލްމްގެ ރިކޯޑް މުގުރާލައިފައެވެ.

 

އިންޑިޔާގެ ޚަބަރުތައް ބުނާގޮތުން، މި ފިލްމުގެ ކާމިޔާބީއަށް ފަހު، މިހާރު މި ފިލްމުގެ ޕްރޮޑިއުސާރ ބުހުޝާން ކުމާރާއި ޑައިރެކްޓަރު ލަވްރަންޖަން މިދަނީ އިތުރު މި ފަދަ ފިލްމްތަކެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚަބަރުތައް ބުނާގޮތުން، "ސޮނޫ ކީ ޓިޓޫ ކީ ސްވީޓީ"ގެ މުޅި ޓީމް، ލޯބީގެ މި ފިލްމަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީ ފާހަގަކުރަމުން ގެންދެއެވެ. އަދި އާންމުންގެ ތަރުހީބު ވެސް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު