ރާއްޖޭގެ ރައީސުންނާއި، ރައީސްކަން ކުރިން ކުރެއްވި ބޭފުޅުންނަށް ނިސްބަތްކޮށް ކުރިއަށް ގެންދާ އެނިމޭޓެޑް ޓީވީ ޝޯވ "މާކަނާ ޝޯވ" އަނެއްކާވެސް ފަށަން ނިންމައިފިއެވެ.

މިފަހަރު ޝޯވ ފަށާނީ "ރައީސް ސޯލިހް" ގެ ކެރެކްޓަރ ހިމަނައިގެން ކަމަށް މައުލޫމާތު ލިބެއެވެ. މާކަނާ ޝޯވ މިފަހަރު ވެސް ދައްކާނީ "ރާއްޖެ ޓީވީ" އިންނެވެ.

މާކަނާ ޝޯވ ރާއްޖޭޓީވީން ދެއްކުމަށް އަންގާރަ ދުވަހު ދުވަހު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް އެވެ. ސެލްމިން އެނިމޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޫޑިއޯގެ ސީއީއޯ ޔާމީން ރަޝީދު އެވެ.

އަލަށް ގެނެސްދޭ މާކަނާ ޝޯވގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމު ކޮށްފައެވެ. ޓްރެއިލާ އިން ފެންނަނީ ރައީސް ސޯލިހް ހުވާ ކުރައްވާ ރަސްމިއްޔާތެވެ. އެރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ކުރީގެ ރައީސް އަލީ ނަޝީދު، އަދި ޒަކީ ބައިވެރިވާ މަންޒަރު ވެސް ޓްރެއިލާ އިން ފެނެއެވެ.

ރައީސް ސޯލިހްގެ ކެރެކްޓަރއާއެކު ގެނެސްދޭ މާކަނާ ޝޯގެ 13 ވަނަ ސީޒަން ރާއްޖެ ޓީވީން ދައްކަން ފަށާނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

މާކަނާ ޝޯވ އަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދި ޝޯވ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކުމާރު

    ބައެއްފަހަރައް މޫނު ދިއްކޮއްލަން ނުކެރޭ ފަދަ ހުތުރު ވާހަކަވެސް ދައްކާ.

  2. ކުމާރުު

    ރަނގަޅުވާނެ.. އެތަންތާގަ ޓީ...... އާދެޔެެއްނު

    1
    1
  3. ފަޖުރުތަރި

    އަބުރު ކަތިލައިގެން އާމްދަނީ ހޯދަން ޖަޒީރާ ރާއްޖެއިން ފުރްސަތު ދިނީދޯ؟ ޣީބަ ބުނުމާ ނެތިނުބައި މޮށުމާ މުޅަމަސްކެއުމާ ބެހޭގޮތުން ގުރްއާނާ ރަސޫލާގެ ހަދީސް ބަލާބަލަ ކީކޭތޯ އޮންނަނީ މާ ފަޚުރުވެރިވެފަ ތި ވހަކަ ނުދައްކާ. ތީކީ އިސްލާމީ އަޚްލާގިއްޔާތު ދަންނަ ކަމެއް ނޫން.

    2
    1
  4. ޕޮލިސް މީހާ

    ސިފައިންގޭގަ އުޅޭ ހޯރަފުށީ މުޙައްމަދު ޔާމީނު ކިޔާ މީހަކު އަރާ ކޮންމެ ރަށެއްގަ ދައުވާކުރޭ މާކަނާ ޝޯ އަކީ އޭނަ ހަދާ އެއްޗެކޭ! އޭނަ އުޅޭ ވަޒީފާގެ ގޮތުންނޯލަ އެހެން ބަޔަކު ލައްވާ އޭތި ޕްރޮމޯޓްކުރަނީ... އެއީ ވޮރޮންޓް އޮފިސަރެކޭ ބުނޭ... ވވވ މީހުން މޮޔަ ހައްދާލާ ބައިސާ ކަނޑާ މީހެއް... ކެލާމީހެއް އުޅޭ އަދި ހެކިވެރިޔަކަށް... ރިލީޒު ނުވާ މާކަނާ ޝޯގެ ވީޑިއޯ ވެސް ދައްކާ ކަމަށްވޭ މީހުނަށް

  5. އަލްޖިބްރާ

    ތިޝޯވ ފެށުން މާލަސްވެސް ވެއްޖެ ! ތީ ހަމަ އެއްވަނަ ޝޯވ !

    1
    1
  6. ހެހެ

    ﷲ ފިޔަވާ އެހެން އެއްޗިހި ގަންދީ ހުވާކުރުމަކީ ﷲ އަށް ޝަރީކުކުރުން.

    2
    1