މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް ހިންދީ ލަވަތަކަށް ލޯބި ކުރާކަން ގިނަ ބަޔަކަށް އިނގެއެވެ. ކުރިންވެސް ހިންދީ ލަވައެއްގެ ކަވާ ކިޔައިގެން އެތައް ބައެއްގެ ހިތްތައް އޭނާ އަތުލިއެވެ.

އަނެއްކާވެސް އޭނާގެ އަޑުން ހިންދީލަވައެއް މި ވަނީ އިވިގެން ގޮސްފައެވެ. މިފަހަރުގެ ޒޭންގެ އަޑުން އިވިގެން ދިޔައީ ރޭސް 3ގެ ކަވާ ލަވައެވެ. މި އަހަރު ތެރޭގައި ނެރުނު ރޭސް 3ގައި ހިމެނޭ "ﷲ ދުހާއީ ހޭ" ލަވަ ޒޭންގެ އަޑުން އިވިގެން ދިޔައިރު، އެ ލަވައިގެ އަސްލު ލަވައަކީވެސް ގިނަބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ލަވައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އަދި ޒޭންގެ އަޑުން ކިޔާދިން އެ ލަވައިގެ ކަވާ ވަރަށް ރީއްޗެވެ. އަޑު އަހާލަން ވަރަށް ހިތްގައިމެވެ.

https://www.instagram.com/p/BqY35kKnbuH/?utm_source=ig_embed

އިންސްޓަގްރާމް މެދުވެރިކޮށް އެ ލަވަ އޭނާ ދޫކޮށްލިއިރު، އެ ލަވަ ވަރަށް ރީތިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި ޒޭންގެ އަޑު ރީތިކަމުގެ ވާހަކަ ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

އެ ލަވައިގެ ރީތިކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނައިރު، ޒޭން ކިޔާދިން އެ ލަވައިގައި އެ ބުނާ އެއްޗެއް ނޭނގޭ ކަމަށް ބުނަމުންދާ މީހުން މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Love U??

    މިއީ އަހަރެން ގެެ އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ ލަވް ޔޫ ޒޭން

    1
    1
  2. ހ

    ޒެއިން މާލިކް އިސްލާމް ދީން ދޫކޮށްލިވާހަކަ ޚަބަރުތަކުން ފެނޭ. އެހެންވީމަ އޭނަގެ ވާހަކަ ނުގެނެސް ދިނުން ރަނގަޅު ކަމަށް ފެނޭ

    6
    1