ސާރިދޯޅެއް ދެކެ "ލޯބި ވެވުނީ" އޮޅިގެން

އުތުރު ޗައިނާގެ ޔުނަން ޕޮރޮވިންސްގެ ފިރިހެނަކަށް، ކުއްތާއެއް ކަމަށްހީކޮށް ބޮޑު ކަޅު ސާރިދޯޅެއް ބަލާބޮޑުކުރެވިއްޖެއެވެ.

މިސްޓާރ ޔަންގްކިޔާ މިމީހާ ބުނާގޮތުން، ޕެޓެއްގެ ގޮތުގައި އޭނާ މި ސާރިދޯޅު ބަލަން ފެށީ، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި ޖަންގަލި ތެރެއިން ފުރަތަމަ ފެނުނު އިރު ހީވަނީ އާދައިގެ ކަޅު ކުއްތާ އެއްހެން ކަމަށާއި، އޭގެ ހައެއްކަ މަސްފަހުން ކުދިކުދި ކެހެރި ފެންނަން ފެށި ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ޚަބަރުތައް ބުނާގޮތުގައި، އެ ސާރިދޯޅު ބޮޑުވަމުން އައި ވަރަކަށް މޭމަތީގައި 'ވީ ޝޭޕް' ހުދު ކެހެރިތަކެއް ވެސް ދިޔައީ ފަޅަމުންނެވެ. ނަމަވެސް ޔަންގް ހީ ކުރީ އެއީ ގުދުރަތުންވެސް ފަޅަމުންދާ ކެހެރިތަކެއް ކަމުގައެވެ.

Mr Yang said he put the animal in a cage in 2017 after hearing cases of bears attacking people

 

ޔަންގް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، 'ހަން ހަން' ގެ ނަން ދީފައިވާ މި ސާރިދޯޅަށް ޔަންގް ކުލުނު ޖެހިފައިވާލެއް ބޮޑުކަމުން، ފަހުން އެއީ ކުއްތާއެއް ނޫންކަން އެނގުމުންވެސް ދޫކޮށްލަން ނުކެރުނީ ކަމުގައެވެ.

އިސްކޮޅުގައި ފަސް ފޫޓް ހަ އިންޗި ހުންނަ މި ސާރިދޯޅު، 2017 ވަނަ އަހަރުގެ މެދެއްހައި ހިސާބުން ފެށިގެން ގެންގުޅެނީ ކޮއްޓެއްގައެވެ. އެއީ އަވަށުގެ އެހެން މީހުންނަށް، އޭތީގެ ފަރާތުން ލިބިދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ކަމަށްވެސް ޔަންގް ބުނެފައިވެއެވެ.

ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު ހަދަން ޖެހޭ ތަޙުލީލުތައް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާރިދޯޅު

    ތިއީ ކިހާ ލޯބި އެއްޗެއްތަ