މިރޭ ދިޓިއުން ބޭންޑްގެ ހާއްސަ ފެނިލުމެއް އައިސް ޓީވީން ގެނެސްދޭ އަޒޯނާގައި ފެނިގެން ދާނެއެވެ.

ރާއްޖޭގެ މަޝްހޫރު ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ދިޓިއުން ބޭންޑަކީ ދިވެހިން ވަރަށް ގަޔާވާ ލަވަތަކެއް ގެނެސްދީފައިވާ އަދި ރިސޯޓު މިއުޒިކްގައި މަޝްހޫރު ބައެކެވެ.

https://www.facebook.com/662500767157697/posts/2303080973099660/

މި ބޭންޑުގެ ދެ މެންބަރަކު މިރޭގެ އަޒޯނާ ޝޯވގައި ބައިވެރިވާނެއެވެ. އެއޯ ފެޒޫ އާއި ފުޖީއެވެ. މިރޭގެ ޝޯވގެ ތެރެއިން އެ ދެ މީހުން ލައްވާ ތަފާތު ގޭމް ކުޅުވާނެއެވެ.

އަޒޯނާގެ ޝޯވ މިރޭ 11:00 ޖަހާއިރު އައިސްޓީވީން ދައްކާއިރު، މާދަމާ މެންދުރު 2:00ގައި އެ ޝޯވގެ ރިޕީޓް ދައްކާނެއެވެ.

https://www.facebook.com/1245313922190427/posts/1938948012827011/

އަދި މި ޝޯވ މިރޭ ފޭސްބުކްގައި އާއީ ޔޫޓިއުބްގައިވެސް ލައިވް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބުރީލު

    ކޮންމެ މީހަކު އަތްދިގު ގަމީހެއްލައިގެން ކަރު ގޮތް އަޅުވައިގެން ހުއްޓިހުރެ ފާޑަކަށް 2 އިނގިލި ހަދައިގެން ހުރެ ފޮޓޯއެއް ނެގުނީމަ ނިމުނީ