ދެދަރިންނާއި ބައްދަލުނުވެ، އެކަމުގެ ސަބަބުން އެތައް ހިތާމައެއް ބަރުދާސްތު ކުރަން ޖެހިފައިވާ ދިވެހި މަންމައަކު އޭނާގެ އިހްސާސްތައް ފޭސްބުކްގައި ލިޔުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސައްލާމާ ފާތިމަތު ނަމަކަށް ކިޔާ އަންހެނަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ 12 އަހަރާއި ހައަހަރާއި ދެމެދުގެ ދެކުދިން އެއްވެސް ގޮތަކަށް ނުފެންނަތާ މިހާރު ދެމަސް ދުވަސް ވެފައިވާ ކަމަށެވެ.

ބައްޕަގެ ބެލުމުގެ ދަށުގައި ތިބި ދަރިން ހޯދަން ކޯޓަށް މިދިޔަ ޖަނަވަރީ މަހު މައްސަލަ ހުށަހެޅި ފަހުން ދަރިންނާއި ބައްދަލު ކުރަން ފުރުސަތު ލިބުނު ވަރު އިނގިލިން ގުނާލެވޭނެ ކަމަށް ވެސް ސައްލާމާ ލިޔެފައިވެއެވެ.

This is the story of me and my kids. I am a helpless mother of two (eldest 12 years with ADHD and youngest 6 years) who...

Sallama Fathmath ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 21, 2018

"އަހަރެންނަށް އެކުދިންނާއި ބައްދަލު ކުރަން ފުރުސަތު ލިބުނަސް އަބަދުވެސް ކައިރީގައި މީހަކު ހުރެއެވެ. އަހަރެންނަށް ދަރިންނާއި އެކު އެކަނިވެލަން ފުރުސަތެއް ނުލިބެއެވެ. ދަރިންނާއި އެކު އެއްވެސް ތަނަކަށް ދިއުން އަހަރެންނަށް މަނަލެވެ." ދަރިންގެ މަންމަ ލިޔެފައި ވެއެވެ.

އޭނާ ބުނީ ދަރިންނާއި ބައްދަލު ކުރުމަށް އޭނާ އަށް ދަރިންގެ ބައްޕަ ހުރަސް އަޅަނީ އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ބުނެއެވެ.

"އަހަރެންނަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމަށް ބުނެ މުހައްމަދު އިސްމާއިލް ވަނީ ވާހަކައެއް އުފައްދާފައެވެ. ވަރިވުމުގެ މަރުހަލާގައި އޭނާ އެއްވެސް ވަރަކަށް ނުދައްކާ ވާހަކައެއް މާފަހުން އުފަން ކުރުވައިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެއެވެ." މަންމަ ބުންޏެވެ.

އޭނާ ބުނީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން ދަރިން ހޯދަން މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އެމައްސަލަ އަދިވެސް ނުނިމެއެވެ. ފެމިލީ ކޯޓުގައި މައްސަލަ ކުރިއަށް ނުދިއުމުން މައްސަލަ އަނބުރާ ގެނެސް ހުޅުމާލޭ ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް ހުޅުމާލޭ ކޯޓަށް ބައްޕަ ހާޒިރުނުވެ މައްސަލަ ދިގުދެންމި ކަމަށް ކުދިންގެ މަންމަ ބުނެއެވެ. އަދި އެންމެ ފަހުން މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށާއި އިންސާފު ހޯދަން އޭނާ އެއްކޯޓުން އަނެއް ކޯޓަށް ހިނގަމުން އަންނަތާ އެތައް ދުވަހެއްވި އިރުވެސް އިންސާފު ނުލިބުނު ކަމަށް ލިޔެފައި ވެއެވެ.

މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައި ވާނެ ކަމަށާއި ނަމަވެސް މިނިސްޓްރީ އިން އަޅައިނުލި ކަމަށް އޭނާ ބުނެއެވެ.

ސިޔާސީ މީހުންނަށް އިންސާފު ލިބިދާނެ ކަމަށާއި ނަމަވެސް އޭނާ ފަދަ ނިކަމެއްޗަކަށް އިންސާފު ނުލިބެނީ އެއީ ނުފޫޒުގަދަ މީހަކަށް ނުވުމުންތޯ ވަނީ ސުވާލު ކޮށްފައެވެ.

"އަހަރެންގެ ފެންވަރުން އިންސާފު ހޯދަން އަހަރެން ކޯޓުތަކަށާއި އެހެންތަންތަނަށް ހުށަހަޅައިގެން މަސައްކަތް ކޮށްފީމެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ދަރިން ނުފެނި އަހަރެއް ވަނީއެވެ." ކުދިންގެ މަންމަ ބުންޏެވެ.

އޭނާގޭ ފޭސްބުކް ޕޯސްޓް 400 އަށް ވުރެ ގިނަ މީހުން ޝެއާ ކޮށްފައި ވާއިރު ގިނަ ބަޔަކު ވަނީ ކުދިންގެ މަންމަ އަށް ކުދިންނާއި ބައްދަލު ކުރަން ފުރުސަތު ހޯދައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ބައްޕަގެ ބަހެއް ތިކަމުގައި ހޯދާލަން ބޭނުންތޯއެވެ

    • ތިކިޔާ ބައްޕަގެ ބަހެއް ރަނގަޅުވާނީ ނުލިޔުނިއްޔާ. އަވައްޓެރިންކައިރީވެސް ދޮގުފަތުރާ މީހެއް ތި ކިޔާ ބައްޕައަކީ.

    • ބަލަ ކަލޭ ކޮންވާހަކައެއް ދައްކާކަށް، ކަލޭހާ އަގަލުކުޑަ މީހަކު ނޫޅޭނެ

  2. އަޙްމަދު ނާފިޒު

    ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމަގެ ދައުރަކީ ބައްޕައަކަށް ފުރިހަމަ ކޮށްދެވޭނެ ކަމެއްނޫން. ދަރިންނަށް މަންމަގެ ލޯބި ކޮންމެހެންވެސް ލިބެންޖެހޭ.

  3. ބަލަ ދަރީން ގެ ބައްޕަ އާއި މައްސަލަ ޖެހުމުން ދަރީން އުކާލާފަ ދިޔަ ވާހަކަ ވެސް ޖަހާބަލަ. އެހެންވީމަ ކޯޓުން ވެސް ދެން ނަގާ ނުދޭނެ ދޯ. އިންސާފު މާ ކުރީން ތިބާ އާއި އަރާ ހަމަ ކޮށްފި.

  4. ތިޔަ ފަރާތަށް ދަރިންނާ ބައްދަލަކުރުމަށް އަދި ދަރިން ހޯދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ހިލޭ ސާބަހަށް ކޮށްދިނުމަށް ތައްޔާރު އެފަރާތާ ގުޅޭނެގޮތެއް ނެތީމަ ދެރަކަމަކީ

  5. ނަފްސާނީ މައްސަލަ ހުންނަ މަންމައަކާ ދަރިން ހަވާލު ނުކުރުން ބުއްދިވެރި...

    • ތާއީދު! އެ މަންމައަކީ ނުބައިމީހަކަށްވެސްވެދާނެ. ގިނަފަހަރު ވިޔާނުދާ ފިރިމީހާއަށް ކިޔަމަން ނުގަނެ ހިތުހުރިހާގޮތަކަށް އުޅޭމީހުންނަކީ ޑީޕަރެޝަން ހުންނަކަމަށް ކިޔައިގެންއުޅޭ މީހުން. އެފަދަ މީހުން އެމީހުންގެ ގޮތުގަ ކޮންމެހެންވެސް ހިފަހަށްޓާނެ. މީގެތެރޭގަ ބޮލުންކުޅޭ ވަރަށް މަކަރުވެރި މީހުންވެސް އުޅޭ.

  6. އާއިލާ މައްސަލަތަކުގައި އެއްކޮޅަކުންވެސް އެއްބާރުލުން ނުދެންނާމު ވަރަށް އުދަނގޫވާނެ މައްސަލަތައް ކުރިއަށް ގެންދަން...

  7. ހުޅުމާލޭ ކޯޓަށް މަގޭ ދަރިފުޅުގެ ބައްޕަ ހާޒިރު ކުރަން އުޅޭތާ 5 އަހަރުވެއްޖެ. އަދި ނުވޭ.

  8. ތެދުވާހަކައެއް. ސައްލާމާ އަކީ ވަރަށް ރަގަނޅު މަންމައެއް. އޭނާ ދަރިންނަށް ޓަކާވާ ޤުރުބާނީ އަށް އައްސަރިބަހާ ސާބަސް. އިންޝާﷲ އަދި ސައްލާމާއަށް އެކުދިން އަނބުރާލިބޭނެ. އެބުނާ ޑޮކްޓަރަކީ ވަރަށް ވިޔާނުދާ މީހެއް. މަތި އޮމާންވާނެ. އަޑި ނުބައި މީހެއް. އަމިއްލަ އާއިލާ ހަލާކު ކޮއްލީ އެހެން މީހަކަށް ޓަކައި.

  9. ޙަމަތެދެއްތަ!

  10. ޖެންޑާ މިނިސްޓްރީ އަކީ ފެއިލްވެ ބޭކާރު ވެފައިވާ ތަނެއް

  11. މާފަންނު ކުނޫޒް ކައިރީހުންނަ ގެއެއްގައިވެސް ތިގޮތަށް މަންމައާއި ދަރިޔާއި ދުރުކުރަން މަސައްކަތް ކުރާ ބަޔަކު އުޅޭ ވާހަކަ އަޑުއެހިން .

  12. ހިތާމަ ހުރިކަމެއް..މިގައުމުގަ ހުރިހާ މޮޅެއް ސިޔާސީ މީހުންނައް.ކޯޓްތައްވެސް މިނިސްޓަރުކަންވެސް ދައުލަތްވެސް. ފަޅުތަކާ ގިރިތަކާ ..

  13. އިންސާފު ލިބޭނީ ހަމައެކަނި ސިޔާސީ މީހުނާ، ފައިސާވެރިން އަދި ސިޔާސީ ޕާރޓީ ތަކުން ހިންގާ ޖަރީމާ ތަކުގައި ބައިވެރިވާ އެކްޓިވިސްޓުންނަޢް އެކަނި. ޢެކަހަަލަ އެކްޓިވިސްޓުން މަރާމާރީ ހިންގާ މަރާލާނެ ކަމައް އިންޒާރު ދިނަސް އެމީހުން ތިބޭނީ އިންސާފު ލިބިފައި މިނިވަންކޮއް ހުންނަނާނީ... މީގެ އެއް މިސާލަކީ މަރާމާރީ ހިންގައިގެން ވަރައްފަހުން ކޯރޓް އަމުރެއްގެ ދަށުން ބަންދު ކުރި އެމްޑީޕީ އިން އެކިކަހަލަ ޖަރީމާތައް ހިނގުމުގައި ބައިވެރިވަ ސްމިތް އެހެރީ މިނިވަން ކޮއްފައި.. ކޯރޓް އަމުރުގެ ވެސް ބޭނުމެއް ނެތް.

    • އެއީ ހަޤީޤީ އަބާއްޖަވެރިން ދެއްތޯ! ހިސާބުބައްލަވާދުވަހުން އަދި މިދުނިޔެމަތީގަވެސް ﷲ އެމީހުންގެކިބައިން ބަދަލު ހިއްޕަވާނެ ﷲ އަށްޓަކާ ލިބޭ ނާއިންސާފަށް ކެތްކޮށްފިނަމަ.

  14. ޢިޔެ ފެނިގެން އެދިޔައީ ކޯޓުން 7 ދުވަސް ޖަހާަފަ އޮށްވާ ޕާަޓީކުދިން ބުނެގެން އެ ދޫކޮށްލީ އިންސާފް އެމީހުނަށް ވަގުތުން ލިބޭ އެކަމު ކީިއްކުރާނީ ވަކި ބައެއްގެ ހައްޤު އޮންނަނީ އިންސާފްހޯދަން އައި މީހުން ގެ އަމަލްތަށްހުރި ގޮތަކީމީ ކިހާަ އިންސާފެއް ރައްޔިތުންނަށް ހޯދައިދޭނއ

  15. ސިޔާސީ ވެއްޖެއްޔާ ދޫކޮއްލަށް ގޮވާލާ މީހުން ވަރަށް ގިނަވާނެ

  16. ދަރިން ނުދައްކާ ބައްޕައިންނާއި ކުދިން ނުދައްކާ މައިންވެސް އެބައުޅޭ !

  17. މިއާޓިކަލް އަށް ކޮމެންޓް ކުރަންވާނީ ދެފަރާތުގެވެސް ވާހަކަ ރަގަޅަށް އަޑުއަހާފަ.

    • އެކަކު ބުނާނީ އަނެކަކޭ ދޮގު ހަދަނީ. ރަނގަޅު ގޮތަކީ، އެކަކު އަނެކާ ގެ އަގު ނުވައްޓާ، ވާހަކަ ނުފަތުރާ ދަރިންނާ ދޭތެރޭގައި ވިސްނުން.
      އޭނާ ކުދިން ދެކެ އެހާ ލޯބިވާނަމަ، ކުދިން ހުރިތަނެއް ބަލާނެ ދޯ؟؟ނޭންގި ކުދިން ގެންދިޔަރު، މަންމަ އަޅެ ވީ ކޮންތާކުތަ؟ ރަށުގައި ނެތް ނަމަވެސް ކުދިން ވީ ތަނެއް ބަލަން ޖެހޭނެއްނު؟ ބައްޕަވެސް ކުދިން ގެންދާއިރު ބުނުން ރަނގަޅު، މަންމަ ކުދިން އެއްލާލައިފަ ދިޔަނަމަވެސް. އެކުދިންގެ މަންމަ އާއި އެކު ކުދިން ތަންތަނަށް ދާން ހުރަސް ނޭޅޭނެ ބައްޕައަކަސް. އައި ޖަސް ފީލް ސޮރީ ފޮ ދަ ކިޑްސް. މިދެމީހުންގެ ކަންތަކާ ހެދި ކުދިން ހަލާކުނުވެއްޖިއްޔާ ވީހާވެސް ރަގަޅު.

  18. ތިތާކު ނެތް ރަނގަޅު އެކަކުވެސް. 🤷🏻‍♀️

  19. ހެޔޮނުވާނެ ދެމަފިރިން ދެމެދުގަ ޖެހޭ މައްސަލަ ތަކުގެ ދެމެދަށް ދަރިން ނުވައްދަބަލަ. އެކުދިންގެ ކުށަކީ ކޮބާތަ؟ މިހެން ސޯޝަލް މީޑިޔާގައި ލިޔެ އިސްތިހާރު ކުރީމަ އަގު ވެއްޓެނީ ހަމަ އެކަނި މައްސަލަ ރައްދުވާ ފަރާތް އެކަންޏެއްވެސް ނޫން، ތުއްތު މައުސޫމް ކުދިން ވެސް ހިމެނޭ، ވަރިވެގެން ދަނީ ނުވަތަ ވަރި ކުރަނީ ކޮންމެސް އެކަކު ނުވަތަ ގިނަ ފަހަރު ދެ މީހުންގެ ވެސް ކުށަކުން. ދެ މީހުން އެކީގައި އުޅެން ބޭނުން ނުވުން އެއީ ދަރިން ތަހައްމަލް ކުރަން ޖެހޭ ކަމަކަށް ނުހަދާ
    މަންމަ ދަރިން އެއްލާލާފަ ދިއުން އެއީ މަންމަ ގެ މައްސަލަ އެއް، ނަމަވެސް އޭގެ އަދަބު މިހެން ދަރިން ނުދައްކާ ނުވަތަ ދަރިން އޭނާއަށް ނުދީ ނުހަދާ
    ހަމަ އެގޮތަށް ބައްޕަ ގެ ވެސް މައްސަލަ ހުރެދާނެ، އެކަމު މަންމަ ބައްޕަ ފަޟީހަތް ކޮށް މުޅި ސޯޝަލް މީޑިޔާގައި ނުހަދާ

    ޑެފަރާތުން ވެސް ކޮށްފައިވާ ކޮމެންޓްތަށް ކިޔާލީމަ އެބަ އެނގޭ ކުދިންގެ މަންމަ ވެސް ކޮށްގެން ނުވާނެ ކަން ކަން ކޮށްފައި ހުރިކަން.
    އަޅުގަނޑުގެ ދުޢާ އަކީ އެ ދެ ކުދިންނަށް ހަމަ ޖެހުމައި އުފާ ލިބުން އަދި މަންމަ އާއި ބައްޕަގެ ލޯބި ލިބުން
    މައިންބަފައިންގެ ލޯބިން ދަރިން މަހުރޫމް ނުކުރޭ

    • ބަައްޕަ ގެ މަކަރު ހިޔަޅެއްފަދަ. ފޭކު ކަސްޓަޑީ ގޫގުލް ޑޮކިއުމަންޓެއެއްގަ އުޅުނު މަންމަ ލައްވާ ސޮއެކުރުވަން ވެސް.

  20. ޢާޓިކަލް ޖެހީމަތަ މައްސަލައަކީ؟ ބަލަ އޭނައަށް އިންސާފު ނުލިބިގެންދޯ އެގޮތައް ކަންތައް ކުރީ؟ ކުޑަކުދިންނާއި އަންހެނެއްގެ ޙައްގުތަކުގައި ކޮޅުފައިން ޖަހާފަ ރައްކާތެރި ކުރަންޖެހޭ އަބުރެއް ނޯންނާނެ.

  21. ތިޔައީ މަށަށް ވެސް ކޮންމެވެސް ވަރަކަށް އެނގިފައި އޮތް ވާހަކައެއް. ތިޔަ މަންމަ ތިޔަކިޔަނީ ރަގަނޅު ވާހަކައެއް. އަދި އޭނާގެ ދަރިން ކައިރީގައި އެކުދިންގެ ބައްޕަ މަންމަ އޭ ކިޔައިގެން ދަރިން ކައިރީ ނުދައްކަން ޖެހޭ ވާހަކަ ދައްކާފައި ހުރޭ. ބެލެވެނީ ދަރިންގެ ހިތުގައި މަންމައަށް ނަފުރަތު އުފައްދަން ކުރާކައެއް ކަމަށް

  22. މި ޑަކުޓަރު ގެ އަމަލުތަކުން ހީވަނީ މިކުދިން ގެ މަންމަ ކުދިންނުދައްކާ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން މަންމަ ބަލިކަށި ކޮލަން އުޅެފަހެން މިހުރީ 😔. ކެތްތެރިކން ދެއްވާށި މަންމަ އަށް. އާމަީން

  23. މި މަންމަ އަށް އެފްބީ ގަ އެބަހުރި ވަރަށް ރައްދު ދީފަ، ނަމަވެސް އޭނަގެ ޖަވާބު ވަރަށް ހިކުމަތްތެރި، ދުައާ އަކީ ހައްގުވެރި އަނިޔާލިބި ފއަިވާ ފަރާތަށް ނަސްރުދެއްވާ އެކުޑަ ދެކުދިން ރައްކާތެރި ކޮށްދެއްވުން. އާމީން

  24. ދެފަރާތުގެ ވާހަކަ ވެސް ބަލަން ޖެހޭ، ސަބަބެއް ވީމަ ދޯ ކުދިނ ނާ އެކު ވަކިން ތަންތަނަށް ނުފޮނުވަނީ! ބައްދަލަ ކުރާއިރު ފެންނަ ހިސާބުގަ ބަލަން ތިބެނީ1

  25. އެއްވެސް ރަހުމެއްހުރި ބައެއްނޫން ބައްޕަ ފަރާތުގެ އާއިލާ އަކީ ަަދެލޮލުން ދުށިން އެކުދިންގެ މަންމަ ކުދިން ބައްޕަ ކިޔަވަން ބޭރުގަހުރި އިރު މިކުދިން ގޮވައިގެން އުޅުނު ހާލު. ާހިތްވަރުގަދަ މަންމަ އެއް ސައްލާމާ އަކީ. އިރާދަކުރެއްވިޔާ ކުދިން ލިބޭނެ. ރަހިމްގެ ގުޅުންކަނޑާ މީހާގެ ދުއާ އިޖާބަ ނުކުރައްވާނެ.

  26. ބައް ޕަޔަކީ ނަންމަޝްހޫރު ޑޮކްޓަރެއް. ފެށުނީއްސުރެ އަނބިމީހާއަށް ނަފްސާނީ އަނިޔާ ދެނީ. ފިރިމީހާގެ ކެރިއަރަށްޓަކާ މާލެ ދޫކޮށް ރަށެއްގަ ދިރިއުޅުނީ އަމިއްލަ ކެރިއަރ ދޫކޮށްފަ. މި މުޖްތަމައުގެ ހާލަތު

  27. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނައިރު މިކަންކަމަށް ފުންކޮށް ވިސްނާށެވެ! ހޭލުންތެރިވާށެވެ! ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިފައިވާނަމަ އެކަމުގެ މައްސަލައެވެ. ފުރިހަމަ ބަދަލު ނުދީ ސަލާމަތް ނުވެވޭނެތީއެވެ.

    ވީމާ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނައިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. އެކަންކަމަށް ބަދަލުދޭން ޖެހޭނެތީއެވެ. ހަމަ އެއްވެސް މީހަކަށް ދޭންޖެހޭ ބަދަލެއް ނުދީ އެދުވަހުން ސަލާމަތް ނުވެވޭނެތީއެވެ.

  28. މި ކޮމެންޓަކީ ބައްޕަ ފަރާތު މާމަޔަށް އޮތް ކޮމެންޓެއް، މީނާޔަކީ ވަރަށް ސާވްދާން އިންޑިޔާ ބަލާ މީހެއް އެބަލާފަ ބުނާނެ މީހުންގެ ދަރީންނަ އެހެންހަދާކަށް ނުވާނެޔެ. އެކުދިންގެ މަންމަ އަށް ޖެއްސިހާލު ބައްލަވާ ވޮޑިގެންވޭ ﷲ. ގަހަށް ނެތް ކުލުނު ފަތަކަށް ނުހުން ނާނެ. އިންޝާ ﷲ ކުދިން ސައްލާމާ އަށް ލިބޭނެ. އަނިޔާ ވެރިންނަ ދޫދެއްވާނެ ނަމަވެސް ﷲ ސުބުހާނަހު ވަތައާލާ ހިއްޕަވާއިރު އަނިޔާވެރިން ބަލިކުރަައްވާ އިބްރަތެއްކމުގަލައްވާނެ

  29. ސޭަޓު އަންހެނުން ގެ ފިރިމީހާ

    އިންޝާ ﷲ ސައްލާމާ ކާމިޔާބު ވާނެ. އަނިޔާވެރިންނަ ދޫދެއްވާނެ. އެއީވެސް އެމީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން. މަތިމައްޗަށް ދޮގު ހެދީމަ ވީގޮތް. މިކަމުގައި ބައިވެރިވި އަންހެނުން ގެ ހިތެއް ފިތެއްވެސް ނެތީތަހަމަ.