ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މި ދެ ތަރިން އެކުގައި ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ކަނުހުރާ މޯލްޑިވްސްގައެވެ. މި ދެތަރިންވެސް ރާއްޖެ އައިސްފައި މި ވަނީ އެ މީހުންގެ ކައިވެންޏަށް ނުވަ އަހަރު ފުރުން ފާހަގަަކުރުމަށެވެ.

https://www.instagram.com/p/Bqd9MEQBa7A/?utm_source=ig_share_sheet&igshid=1p5f4h113efgx

އެގޮތުން ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކާއެކު، ފިރިމީހާއަށް އޭނާ ވަނީ ތައުރީފްކޮށްފައެވެ. އަދި ފިރިމީހާ ދެކެ މަރުވަންދެންވެސް ލޯބިވާނެ ކަަމާއި، އޭގެ ފަހުންވެސް ދިރިއުޅުމެއް ވާނަމަ އެއިރުވެސް ލޯބިވާނެ ކަމަށް ވަނީ ބުނެފައެވެ.

އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް މިހާރުވެސް މީސް މީޑިއާގައި ހިއްސާކުރަމުން އަންނައިރު، އޭނާ ރާއްޖެ ދެކެ ލޯބިވާ މިންވަރު އެތައް ގޮތަކުން އޭނަ ދަނީ ދައްކައިދެމުންނެވެ.

https://www.instagram.com/p/Bqc1ypPhoh0/?utm_source=ig_share_sheet&igshid=1wtbvuucbnfub

އެގޮތުން އޭނާ އިންސްޓަގްރާމް ކުރިއެއް ފޮޓޯގެ ކެޕްޝަންގައި ވަނީ، އަމިއްލައަށް ގޮތެއް ނިންމޭނެ ނަމަ ރާއްޖޭގައި މުޅި އުުމުރު އުޅެން ބޭނުންވާކަމަށެވެ. އަދި މީގެ އިތުުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމަށް އޭނާ ވަނީ ތައުރީފްކޮށްފައެވެ.