އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ރަށަކަށް ދިޔަ އެމެރިކާގެ ފަތުރުވެރިޔަކު މަރާލި ޚަބަރެއް މިދިޔަ ހަފްތާގައި ވަނީ މީޑިއާތަކުން ގެނެސްދީފައެވެ. ފަތުރުވެރިޔާގެ މަރަށް މީޑިއާގެ ސަމާލުކަން ލިބިގެން ދިއުމާއި އެކު އެހާދިސާ ހިނގި ރަށާއި ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ އަޑުތައް ވެސް މިވަނީ ގަދަވެފައެވެ.

އިންޑިއާ ކަނޑުގެ އަންޑަމަން ރަށްތައް ކައިރީގައި ނަމަވެސް އެރަށްތަކާއި ވެސް އެކަހެރި އުތުރު ސެންޓިނެލް އައިލެންޑް އަކީ މީގެ ކުރިން ވެސް މީހުން އާންމުކޮށް ދަތުރުކޮށް އުޅުނު ރަށެއް ނޫނެވެ. އެރަށަށް އެހެން މީހުން ދަތުރު ކޮށްފައިވާ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭ ވަރުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސެންޓިނެލް އައިލެންޑް އަކީ ވާހަކަދައްކާ އަމިއްލަ ބަހެއް އޮންނަ ދުނިޔޭގެ އެހެން އެއްވެސް ބަޔަކާއި އެއްވެސް ގުޅުމެއް ނޯންނަ، މިހާރުގެ ދުނިޔޭގައި އާންމު ވެފައިވާ ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާ ބަޔަކު އުޅޭ ރަށެކެވެ.

މިރަށުގައި މަރާލި އެމެރިކާގެ ފަތުރުވެރިޔަކީ ޖޯން އެލެން ޗައު އެވެ. އޭނާ އެރަށަށް ދިޔައީ އިންޑިއާގެ ހަތް މަސްވެރިޔަކާއި އެކުއެވެ. އެމީހުން ވަނީ ޖޯން އެރަށުގެ އަތިރިމައްޗަށް ދޫކޮށްލުމަށް ފަހު ފުރައިގެން އިންޑިއާ އަށް ގޮސްފައެވެ. ފުލުހުން ބުނާ ގޮތުގައި ޖޯން މަރާލާފައި ވަނީ ތީރަކުން ދިން ހަމަލާއެއްގައެވެ.

މިރަށާއި ބެހޭ ގޮތުން ލިބެން ހުރި މަދު މައުލޫމާތައް ބަލާއިރު 1991 ވަނަ އަހަރު ފުރަތަމަ ފަހަރަށް މިރަށުގެ ބޯހިމެނުމެއް ކުރިއަށް ގެންދިޔަ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އޭރު މިރަށުގައި ދިރިއުޅެނީ 117 މީހުންނެވެ. އޭގެ ފަހުން ދެން މިރަށުގައި ބޯހިމެނިފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭރު މިރަށުގައި ދިރިއުޅޭ ކަމަށް ވަނީ 15 މީހުންނެވެ.

ރަށާއި ބެހޭ ގޮތުން ދެކެވޭ އެންމެ ބިރުވެރި އެއް ވާހަކައަކީ މިރަށުގައި ދިރިއުޅޭ މީހުން މީހުންގެ މިނިމަސް ކައިގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެމީހުން ރޫހާނީ ބާރުތަކެއް ހޯދަން ކަމަށް ބުނެ މިނިމަސް ކަމުން ގެންދާކަމަށް ވެއެވެ. ރަށުގެ މީހަކު މަރުވި ނަމަވެސް ނުވަތަ އޮންނަ އުސޫލުތަކާއި ޚީލާފު ކަމެއް ކުރި ނަމަވެސް އެމީހަކު މަރާލުމަށް ފަހު އެމީހެއްގެ މަސްގަނޑު ކާލަނީ ރަށުގައި ދެން ތިބި މީހުން ކަމަށް ވެއެވެ.

މީގެ އިތުރުން މިރަށަށް އެހެން ތަނަކުން އަރާ މީހުންނަށް ގޮތް ނޭނގޭ ބައްޔެއް ޖެހި ކުއްލިއަކަށް މަރުވާ ކަމަށް ވެއެވެ. މިކަމަށް ބާރުލިބޭ ބައެއް ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. 1880 ވަނަ އަހަރު އިނގިރޭސިވިލާތުގެ ހަ މީހަކު މިރަށުގައި ރަހީނު ކުރިއެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ ކުއްލިއަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިގެން މަރުވެފައެވެ.

ބައެއް ސަައިންސްވެރިން ބުނާ ގޮތުގައި މިރަށުގައި ފެތުރިފައި އޮންނަ ނުރައްކާތެރި ބަލިމަޑުކަމަކަށް އެހެން އިންސާނުންގެ ހަށިގަނޑު ތައްޔާރުނުވެ އޮތުން ގާތެވެ. ރަށުގައި އުޅޭ މީހުން އެބަލީގައި މަރުނުވަނީ އެމީހުންގެ ދިފާޢީ ނިޒާމް ބަލީގެ ވައިރަހަށް ތައްޔާރުވެފައި ވާތީއެވެ.

މިރަށުގެ މީހުންނަކީ ރަށުގެ ބިން ބޮޑު ނަމަވެސް ދަނޑުވެރިކަން މާފުޅާކޮށް ކޮށްއުޅޭ ބައެއް ނޫނެވެ. އެމީހުން ކައިބޮއެ ހަދަނީ ރަށުގައި ހުރި ކާތަކެތި އަޅާ މަދު ގަސްތަކުން ލިބޭ އެއްޗަކުންނާއި ކަނޑުން މަސް ހިފައިގެން ކަމަށް ވެއެވެ.

މިރަށަށް ދަތުރު ކުރި ނޫސްވެރިންނާއި ސައިންސްވެރިންނަށް މީގެ ކުރިން ވެސް ވަނީ ހަމަލާ ދީފައެވެ. އެހެންކަމުން ނޫސްވެރިންނާއި ސައިންސްވެރިން ވެސް މިރަށަށް ދަތުރުކޮށެއް ނޫޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މީމަށޭ

  އެއީ ފަތުރު ވެރިއެއް ނޫން ނަސޯރާ ދީން ފަތުރަން ދިޔަ މީހެއް

 2. ޖަޒީރާ ރާއްޖެ މީހާ

  ތީތަ އެ ކިޔާ މިނިކާރާއްޖެ އަކީ.

 3. މާއެނގޭ

  ތީ އަހަރެމެން ކާފަމެންނަޢްވެސް މީގެ ކުރިން ދެވުނު ދިވެހިން ކިޔާ މިނިކާ ރާއްޖެ. ކާފަމެނަށް އެރަށައް ލައްވުމުން ސަލާމަތް ވެވުނީ ވަރަޢް ހާލުން

 4. މޫސަ

  ޙަތިޔާރު ހިފައިގެން އަރަންވީ ތީ ކޮންބައެަްތޯ ބަލަން

 5. މަށޭ

  ގަބުރުސްތާނެއް ވެސް ނޯންނާނެ ދޯ އެތާކު. މާލޭގަވެސް ތިހެން ހަދަންވީ، އޭރުން ހާދަ ބޮޑު ޖާގައެއް ލިބޭނެޔޭ ދޯ.

  • މީ

   އަސްތަޤްފިރްﷲ

 6. ބުރެކި ރަނިން

  އެރަށު ކަތީބު ކޮަބާތަ..

 7. ޖަހާންގީރު

  ތިބުނާ އެމެރިކާ މީހާ އެރަށަށް ދިޔައީ ކްރިސްޓިއަންދީން ފަތުރަށް ބޭޜުގެ ނޫސްތަކުން މިކަން ކަށަވަރުކޮދީފަ އެބަހުރި

 8. ހާކާލި ބުރުވާލި

  ތިޔަ ރަށައް އަރަން ވާނީ ހަތިޔާރު އަޅައިގެން. އެމެރިކާ އިޘުރޭލް މީހުންނާ ހަވާލު ކޮއްލަނިކޮށް ތިކަން ވެދާނެ.

 9. Anonymous

  މިހާއަވަހަ އެތާ ދިރިއުޅޭ މީހުންގެ ދީންވެސް އެގުނީދޯ ކީކުރާނީ މިހާމޮޅު ދިވެހިން އުޅޭއިރުވެސް އަހަރުމެންގެ އަމިލަ ފަސްގަޑުގަ ހިގާޖަރީމާތަކެނޭގޭވިޔާ ހޯދާކަށް

 10. Anonymous

  ތިރަށުގެ މަތީން ގިނަ ގިނައިން ފުލައިޓާއި ހެލިކޮޕްޓަރު ދަތުރު ކުރަން ފެނޭ

 11. Anonymous
 12. ފާތުން

  މީހުންނަށް ނުދެވެންނާ ޑްރޯން އެއް ފޮނުވައިގެން ރަށު ތެރެ ބަލަން ވީ ނު