މިޑީއާތަކަށް ފިލަން ވެގެން ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ކައިވެނީގެ ހަފްލާ އޮންނަ ތަނަށް ދާނީ ހެލިކަޕްޓަރުގައި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނޮވެމްބަރު 29 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު ތިން ވަނަ ދުވަހާއި ހަމައަށް ހެލިކަޕްޓަރެއް ވަނީ ކުއްޔަށް ހިފާފައެވެ. އަދި އުމައިދް ބަވާންއަށް ނޮވެމްބަރު 29 ވަނަ ދުވަހު އެ ހެލިކަޕްޓަރު ދާނެއެވެ.

އެގޮތުން މި ދެތަރިން މުމްބާއި އިން އުދައިޕޫރްއަށް ގޮސް އެތަނުން އުމައިދް ބަވާންއަށްދާނީ ހެލިކަޕްޓަރުގައެވެ. އަދި މީޑީއާތަކަށް ފިލައިގެން ކައިވެނީގެ ހަފްލާއަށް ދިއުމަށް ނިންމީ ޕްރިޔަންކާ ކަމަށްވެސް ވެއެވެ. އެ ހެލިކަޕްޓަރު އިތުރަށް ބޭނުން ކުރަނީ ގެސްޓުން އުފުލުމަށް ކަމަށްވެސް ވެއެވެ.

މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ކަންތައް ފެށޭނެއެވެ. އެއީ މެހެންދި ހަފްލާ އާއި ސަންގީތް ހަފްލާއާއިވެސް އެކުގައެވެ. އަދި އޭގެ ފަހުން މިދެތަރިންވެސް ގާތް ރަހުމަތްތެރިންނަށް ހާއްސަކޮށް ކޮކްޓެއިލް ޕާޓީއެއް ބާއްވާނެއެވެ.

އަދި ޑިސެންބަރު ދެ ވަނަ ދުވަހު މި ދެތަރިން ކައިވެނި ކުރާނެއެވެ. އަދި ކައިވެނި ކުރުމަށްފަހު، ދެ ޕާޓީ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ދިއްލީގައި އެއް ޕާޓީ އާއި މުމްބާއީގައި އެއް ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙައްގު

    ޢާޗާ! ދެންއެއޮތީ ފިލިފަ

  2. ޢިސްދޫ

    ޥަރަށް ފުއްޕާފަ ދެން...ބަޔަކު އެބައުޅޭވިއްޔާ މާކު ބަލާހިތުން...އެމީހުން
    ހިތުން އެމްއެން އެއުޅެނީ އެތަން ބަލާހިތުން...????

  3. އައްކު

    ހޫ ކެއަރސް

  4. ނާޒިމާ

    ހިއެއް ނުވޭ މީޑިއަރ އަށް ފިލަން ހެން. ޕްރިޔަންކާ އަށްވެސް ހިމާޔަތް ބޭނުންވާނެ ދޯ.
    މުންރބާއީ އާއި ވަރަށް ދުރުގައިވާ ތަނެއް އެމީހުން ގެ ކާވެނި ގެ ފުރަތަމަ

    ރިސެޕްޝަން އޮތްނަ ޕެލެސް ހުންނަނީ .ޕްރިޔަންކާ އަކީ ޕަޕަރާސީ އާއި ގާތްގުޅުމެއް

    ބާއްވާ އެކްޓްރެސް އެއް ދީޕިކާއާއި ރަންވީރު ފަދައިން