އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާރސިޓީ އޮފް ކެމްބްރިޖްއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ ހަޑިހުތުރު ބަހުރުވައިން ގިނަ ގިނައިން ވާހަކަދައްކާ މީހުންނަކީ އެންމެ ތެދުވެރި މީހުންކަމަށް ދައްކައިފިއެވެ.

ކެމްބްރިޖް ޔުނިވާރސިޓީގެ އެ ދިރާސާއިން ވަނީ އަދަބުވެރިކަމާއި އަޙުލާގް ރަނގަޅުކަމުގެ ނިޝާނެއްކަމުގައިވާ ރީތި ބަހުން ވާހަކަދައްކާ މީހުންނަކީ އެންމެ ދޮގުހަދާ އަދި މަކަރުވެރި މީހުންކަމަށްވެސް ދައްކާފައެވެ.

276 ބައިވެރިން ހިމެނުނު އެ ދިރާސާގައި ވަނީ އެންމެ ގިނައިން އެ ބައިވެރިއަކަށް ބޭނުންކުރެވޭ ހަޑިހުތުރު ބަހެއް ލިސްޓުކުރެއްވުމަށްފަހި ތެދުވެރިކަމާއި ބެހޭގޮތުންވެސް އެ މީހުންނާއި ސުވާލުކުރެވިފައެވެ. އެގޮތުން ލިބިގެންދިޔަ ނަތީޖާއިން ވަނީ އެންމެ ދޮގުހެދުމާއި ދުރު މީހުންނަކީ އާންމުކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ ބައިވެރިންކަމަށް ދައްކާފައެވެ.

އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ބުނާގޮތުގައި އެގޮތަށް އެ ދިމާވަނީ މުޖުތަމައުގައި އޮންނަ އާދަތަކުގެ ސަބަބުންކަމަށް ލަފާކޮށްފައެވެ. އެގޮތުން ރީތި ބަހުރުވައިން ވާހަކަދައްކަން އާދަވެފައިވާ ފަރާތްތަކަކީ އެބައެއްގެ ސިކުނޑީގައި ވާ ތެދު ހަގީގީ ޙިޔާލުތައް ހާމަކުރުމުގެ ބަދަލުގައި އަނެއް މީހާ އަޑުއަހަން ބޭނުންވާ ވާހަކަ އެއީ ދޮގަކަށްވިޔަސް ބުނުމަށް އާދަވެފައިވާ މީހުންކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޑޭވިޑް ސްޓިލްވެލް ވަނީ ހާމަކޮށްފައެވެ.

އަދި އެ ދިރާސާގެ ނަތީޖާއަކީ އެމެރިކާ ފަދަ ގައުމުތަކުގައިވެސް ކުރެވުނު ހަމަ އެފަދަ ދިރާސާތަކުންވެސް ލިބިގެންދިޔަ ނަތީޖާތަކާއި އެއްގޮތް ނަތީޖާއެއްކަމަށް ޑރ. ޑޭވިޑް ސްޓިލްވެލް ވަނީ ބުނެފައެވެ. ޑރ. ސްޓިލްވެލް ބުނާގޮތުގައި ހަޑިހުތުރު ބަހުން ވާހަކަދައްކާ މީހުންނަކީ އަނެއް މީހާ ދެކެ ޖެހިލުން ނުވެ އެ ބައެއްގެ ސިކުނޑީގައި ވާ އެއްޗެއް ތެދަށް ހަގީގަތަށް ބުނަން ކެރޭ ބައެއްކަމަށް އެ ދިރާސާއިން ދައްކުވައިދީފައިވާކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮޓެނީ

    އަވަހަށްދާންވީ އަދުރޭ ކައިރިއަށް..

  2. ހުސޭނުބޭ

    މި އުޑުދަށުގައި އުޅުނު އެންމެ ތެދުވެރި އެންމެ އަޚްލާޤް ރަގަޅު އިންސާނަކީ އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ. އެކަލޭގެފާނު ދުވަހަކުވެސް ހަޑިހުތުރު ބަހެއް ވިދާޅޭއްނުވޭ. މި މީހުން މިހާރުވެސް ބުނޭދޯ އެންމެ ސާފުތާހިރު މީހުންނަކީ ޓިޝޫކޮޅަކުން ފޮހެލައިގެން ތިބޭ މީހުންނޭ.

  3. ލާމަސީލު ނަމޫނާ

    މީކޮންކަހަލަ ދިރާސާއެއް.ވެދާނެ ތިދިރާސާ ހެދި ދެޤައުމުގެ ސަބަބުން ނުކުތް ނަތީޖާއެއްކަމަށް ވެސް.އެކަމަކު ދުނިޔެ ދުއްް އެންމެތެދުވެރި އިންސާނަކީ އަހަރެެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް.އަދި އެކަލޭގެފާނަކީ އެންމެ ރިވެތި އަޚްލާޤުގެ ވެރިޔާ.އެންމެ ބަސްފުޅު ރިވެތި ސާހިބާ.ދުވަހަކުވެސް މީހަކާދިމާލަށް ރިވެތި ބަހުން ނޫންގޮތަކަށް މުހާތަބު ނުކުރައްވާ.

  4. ބޮކަރ

    ހަޑިހުތުރު ބަހުރުވައިން ވާހަކަ ދައްކާމީހުންނަކީ އަޚުލާޤީގޮތުން އެންމެ ދަށްފަންތީގެ މީހުން.. ތެދެއް ބުނަން ޖެހުނަސް ރިވެތި ބަހުން ބުނަން އާދަކުރަމާތޯ!

  5. ދަށުނާރު

    ލޮލް. އެހެންވީމަ މަވެސް ކިހާ ތެދުވެރިތާ

  6. ޓުރުތް

    ކޮލިމުހޮދޭ، ގާސިމް، ގިނަމުއްސަދިން ބަހުރުވަ ހުންނަނީ ތިހެން!

  7. ޢަގަބެ

    މީ އެމީހުން ގެ ފިކުރީވިސްނުމަށް މީހިން މަގުފުރަށްދަންވެގެން ހެދަ ހަދާ ގެން އުޅޭ ތާކުން ތާކުންނުޖެހޭ ވާހަކައެއް.. އެކަމުގައި އެމީހުން ދަނީ ކާމިޔާބު ހޯދަމުން.. މީކުރެވޭ ފިކުރީ ހަގުރާމަ އެއްތޯ އެއްޗެއް..