އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ކައިވެނި ކުރާ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އައި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކުރެވިގެންދާއިރު، މި ދެތަރިން ލޯބީގެ ގުޅުން ފެށުނު ގޮތް މިވަނީ ކިޔާދީފައެވެ.

އިންޓަވިއުއެއްގައި މި ދެތަރިންވެސް ވަނީ އެ މީހުންގެ ގުޅުން ފެށުނު ގޮތާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ފޭނުންނަށް ކިޔާދީފައެވެ.

އެގޮތުން ދެތަރިންވެސް ކިޔާދިންގޮތުގައި، އެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ފައްޓައިދިނީ އެހެން ރަހުމަތްތެރިއެކެެވެ. އޭގެ ފަހުން ދެ މީހުން މެސެޖްކޮށް ހަދާއިރު، އޭގެ ފަހުން ދެ މީހުން ފުރަތަމަ ބައްދަލުވީ ވެނަޓީ ފެއާ އޮސްކާއިންކަމަށް ވަނީ ބުނެފައެެވެ.

ޕްރިޔަންކާ ބުނިގޮތުގައި، ނިކް ގްރަހަމް ރޯގާސްއަށް މެސެޖެއްގެ ޒަރިއްޔާއިން އޭނާ ރީތިކަމަށް ބުނެ މެސެޖެއް ކުރި ކަމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި ޓްވިޓާ މެދުވެރިކޮށް ނިކް ޕްރިޔަންކާ އާ ބައްދަލުކުރަން އެހިކަމަށް ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން ދެ މީހުން ފޯން ނަމްބަރުވެސް ބަދަލުކުރިއެވެ.

އަދި އޭގެ ފަހުން މެޓް ގާލާއިން ބައްލުވި ކަމާއި، އޭގެ ފަހުން ޕްރިޔަންކާ އޭނަ މަންމަ ކައިރިއަށް ނިކް ގެންދިޔަކަމަށްވެސް ބުންޏެވެ. އަދި އޭގެ ފަހުން އެ ގުޅުން ގާތްވެގެން ގޮސް، ނިކް ވަނީ ލޮސް އެންޖަލަސްގައި އޮތް އޭނާގެ ލައިވް ޕާފޯމެންސް ހަފްލާއަކަށް ޕްރިޔަންކާއަށް ދައުވަތުވެސް ދީފައެވެ.

އަދި ޕްރިޔަންކާ އެތަނަށް ދިއުމުން ނިކްގެ ހިތުގައި އިތުރަށް ލޯބި އުފެދި އޭގެ އަނެއް ދުވަހުގެ ރޭވެސް ދެ މީހުން ބައްދަލުކުރިކަމަށް ބުންޏެވެ. އެއީ އެ މީހުންގެ ތިން ވަނަ ޑޭޓް ކަމަށް ވެއެވެ. އަދި އޭގެ އަނެއް ދުވަހު ނިކް އޭނާގެ މަންމައަށް ގުޅާފައި ޕްރިޔަންކާއާ އިންނަން ބޭނުންވިކަމަށްވެސް ބުންޏެވެ.

އޭގެ ފަހުން ދެ މީހުން އެތައް ޑޭޓްއަކަށް ދިޔައެވެ. އަދި އެއް ދުވަހު ޕްރިޔަންކާގެ ރީތިކަމަށް ނިކް ތައުރީފްކޮށް ވާހަކަދެއްކި ކަމަށްވެސް ބުންޏެވެ. އެއީ އެހެން ފިރިހެނަކު އޭނާ ކައިރީ ދައްކާފައިނުވާ ވާހަކައެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ އަހަރުމެން ގަބޫލުކުރާ އިސްލާމީވަންތަ ލޯތްބެއް ނޫން. ތީ ފޭކު ލޯބި