އިންޑިއާގައި ރޭޕް ކޭސްތައް އިތުރުވެފައެވެ. އެކަން ހުއްޓުވުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ކޮންމެ ދުވަހަކުވެސް ރޭޕްގެ މައްސަލަތައް ފެންމަތިވާއިރު، އެކަމުގެ އަދަބު ލިބެނީ މަދު ބަޔަކަށް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ދާދި ފަހުން މި ވަނީ އަންހެން ގައިދީއަކު ރޭޕްކޮށްފައެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ، އޭނާ ހޮސްޕިޓަލްގެ ފާހަނަ ތެރޭގައި ރޭޕްކުރި ކަމަށް ބުނެ ސީޓީއަކުން އެކަން އެންގުމުންނެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިންޑިއާހެ ބިހާރް ސިތްމަރްހި ޖަލުގައި ހައްޔަރުކޮށްފައިވާ އެ ގައިދީ ރޭޕްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ސްރީ ކްރިޝްނާ މެޑިކަލް ކޮލެޖު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާއަކީ މި މަހުގެ 11 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން ގައިދީއެއް ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާ ހޮސްޕިޓަލުގެ ފާހަނާގައި ރޭޕްކުރިއިރު، އެކަން އޭނާ އަންގާފައި ވަނީ ޖަލަށް އެނބުރި ގެންދިޔަ ފަހުންނެވެ. އެ ސިޓީ ފުލުހަށް ހުށަހަޅާފައި ވަނީ ޖަލު ބަލަހައްޓާ މީހާއަށް އެ ގައިދީ އެ ވާހަކަތައް ކިޔާދިނުމުން އެ މީހާއެވެ.

އަދި އެ ގައިދީ ރޭޕްކޮށްފައި ވަނީ ދެ ފުލުހަކު ވެގެންކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މިކަންތައް ދިމާވަނީ ސަރުކާރުގެ އިހުމާލުންކަމަށްވެސް ވަނީ ބުނެފައެވެ.

މިހާރު އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޫންކަމެއް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންޑިޔާގައި މިހާރު ރޭޕް ކުރެވޭނެތަ؟ އެމީހަކު ބޭނުންތާކު ބޭނުން ވަގުތަކު، ޒިނޭ ކުރުމާއި އެއްޖިންސުން ކައިވެނިކުރުން، މޯދީ ސާހިބުގެ ސަރުކާރުން ހުއްދަކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނީ އިހައްދުވަހު ނޫންތޯ؟ ވިމާ ދެން ކޮން ރޭޕެއް؟

  2. މަކަރުވެރި އަންހެނާ

    އަމިއްލަ އަށް ރުހުމުގައި ކޮށްފައި މިނިވަން ވާން ޖައްސާ އުކުޅަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް. އަންހެނުންގެ މަކަރުވެރިކަމުގެ ވާހަކަ އިސްލާމް ދީނުގައިވެސް ބުނެފައި އޮވޭ.

    ޖަސްޓް ސޭޔިންގް އިޓްސް އަ ޕޮސިބިލިޓީ.