ސެމްސަންގްއިން ނެރޭ ފޯންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފޯންއަކީ ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯންތަކެވެ. މިހާރު ސެމްސަންގް ގެެލްސީ އެސް ސީރީސްއިން ސެމްސަންގް ގެެލްސީ އެސް 9 ނެެރެފައިވާއިރު، ގިނަ ބައެއް މިހާރު އިންތިޒާރު ކުރަމުންދަނީ ސެމްސަންގް ގެެލްސީ އެސް 10 އަށެވެ.

މިހާތަނަށް ސެންސަންގްއިން ރަސްމީކޮށް ސެމްސަންގް ގެެލްސީ އެސް 10 ގެ ވާހަކަ ދައްކާފައިނުވާއިރު، މީގެ ކުރިން ސެމްސަންގްއިންވަނީ މަޅާ ލެވޭ ފޯންއެއް ތައްޔާރު ކުރަން އުޅޭ ކަމަށް ބުނެފައެވެ. ނަމަވެސް މިފޯންއާއި ސެމްސަންގް ގެެލްސީ އެސް 10 އާ ގުޅުމެއް ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ސައިޓްތަކުން ބުނެފައިވަނީ ސެމްސަންގް ގެެލްސީ އެސް 10 ވެގެންދާނީ ތަފާތު ފޯންއަކަށް ކަމަށެވެ. މިގޮތުން މިފޯންގައި 1 ޓީބީގެ އިންޓާނަލް ސްޓޯރޭޖް ހިމަނާނެ ކަމަށާއި 5 ޖީ ބޭނުން ކުރެވޭ ޓެކްނޮލޮޖީ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެމްސަންގް ގެެލްސީ އެސް 10 ގެ އެންމެ ތަފާތު އެއް ސިފައަކީ އޭގައި ހިމެނޭ ކެމެރާއެވެ. ޓެކް ސައިޓްތަކުން ރިޕޯޓް ކުރާ ގޮތުގައި މިފޯންގައި ޖުމްލަ 6 ކެމެރާ ހުންނާނެއެވެ. އެއީ ކުރިމަތި ފަރާތުގައި 2 ކެމެރާއާއި ފަހަތުގައި 4 ކެމެރާއެވެ. މިކެމެރާތަކުގެ ސަބަބުން ފަހަތް ފުސްކޮށް ފޮޓޯ ނެގުމަށް އެހީތެރިވުމުގެ އިތުރުން ފޮޓޯގެ ކޮލިޓީވެސް ރަނގަޅުވާނެއެވެ.

މިފޯން ނެރޭނެ ކަމަށް ބެލެވިފައިވަނީ މިއަންނަ އަހަރު ފެބްރުއަރީ މަހުގައެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވާވޭއިން ބާޒާރުގައި ވަކި ހިއްޕަމުން މިދާ ދަނޑިވަޅުގައި ސެންސަންގްއިން ތަފާތު ގިނަ ބަޔަކަށް ކަމުދާނެ ފޯންއެއް ނެރުމަކީ މާކެޓްގެ އެންމެ މަތީގައި އޮތުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.