އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އުމުރުން 78 އަހަރުގެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި 2012 ވަނަ އަހަރު ހައްޔަރު ކުރެވުނެވެ. ސަމުއެލް މެކްޑޮވެލް ނަމަކަށް ކިޔާ މިމީހާ ހައްޔަރު ކުރީ އެމެރިކާގެ ކެންޓާކީއިންނެވެ. ފުރަތަމަ ހައްޔަރު ކުރިއިރު މަސްތުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރުން ފިޔަވައި އިތުރު ތުހުމަތެއް އޭނާގެ މައްޗަކަށް ނެތެވެ.

ނަމަވެސް އޭނާ ހައްޔަރުކޮށް އެހެން މީހުން ވެސް ހައްޔަރުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ޑީއެންއޭ ނަގާ ފުލުހުންގެ ސިސްޓަމްގައި ރައްކާކުރުމުގެ މަސައްކަތް ކުރިއެވެ. އެމަސައްކަތުގެ ތެރެއިން ސަމުއެލްގެ ޑީއޭންއޭ ދިމާވާ އެއްވެސް މައްސަލައެއް ފުލުހުންގެ ރެކޯޑްތަކުގައި އޮއްތޯ ވެސް ބެލިއެވެ.

ފުލުހުންނަށް ލިބުނީ ހައިރާން ކަމެކެވެ. ސަމުއެލް އަކީ ފުލުހުންނަށް އޭރު ހަޤީޤަތް ނުހޯދިފައިވާ މަރުގެ ތިން މައްސަލައަކާއި ގުޅުން ހުރި މީހެެއްކަން ފުލުހުންނަށް ކަށަވަރު ކުރެވި ސަމުއެލްގެ ތަޙްޤީޤު ފުޅާކުރެވުނެވެ.

ސަމުއެލްގެ ތަޙްޤީޤުގައި އެފްބީއައި އިން ބައިވެރިވެ ތަޙްޤީޤު އިތުރު ހަރުފަތަކަށް ގެންދިއެވެ. ފުލުހުންގެ ތަޙްޤީޤުން ކަށަވަރު ކުރެވުނު ގޮތުގައި ސަމުއެލް އަކީ 1987 ވަނަ އަހަރާއި 1989 ވަނަ އަހަރާއި ދެމެދު ތިން އަންހެނަކު މަރާލާފައިވާ ގާތިލެކެވެ. މަރުގެ ތިން މައްސަލައިގައި ސަމުއެލްގެ މައްޗަށް ދައުވާ އުފުލާ އޭނާ ތިން އަހަރު ދުވަހަށް ޖަލަށްލިއެވެ.

އެހައިހިސާބުން ވެސް ފުލުހުން ސަމުއެލްގެ ތަޙްޤީޤު ހުއްޓައެއްނުލައެވެ. މިހާތަނަށް ހޯދިފައިވާ މައުލޫމާތައް ބަލާއިރު ސަމުއެލް ވަނީ 90 މީހުން މަރާލާފައިވާ ކަން ކަށަވަރު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިއީ އެމެރިކާގައި އެންމެ މަދު ހެކިތައް ދޫކޮށް އެއްވެސް ޝައްކެތް ނުކުރެވޭ މިންވަރަށް ކަންތައްތައް ރާވައިގެން އެންމެ ގިނަ މީހުން މެރި އެމެރިކާގެ ސީރިއަލް ކިލާއަށް ވުން ގާތް ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ޤާނޫނާއި ހިލާފު އެއްވެސް ކަމަކީ އެއްވެސް ހެއްކެތް ދޫނުކޮށް ނުކުރެވޭނެ ކަމަކަށް ވާތީ ސަމުއެލްގެ މައްޗަށް 90 މަރުގެ މައްސަލައިގައި ކުށް ސާބިތު ކުރެވޭނެ ކަމަށް ފުލުހުން އުއްމީދުކުރެއެވެ.

ފުލުހުން ބުނީ ސަމުއެލް މިމީހުން މެރި ސަބަބު ހޯދަން މިހާރު ވެސް އޭނާ އާއި ސުވާލު ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ލިބެމުން އަންނަ މިންވަރަކުން ހާމަކުރަމުން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މިތާ އުޅޭ ސީރިޔަލް ކިލަރު މީހުން މަރަނީ ސިހުރުން.

 2. ނުރަބޯ

  ތިޔަމީހާ އަށް ޙުކުމް ކުރަންޖެހޭނީ ޖަޒީރާ ރާއްޖޭގެ ކޯޓުތަކުން އެއީ އަދި އަލަށް އުފެދުނު ރާއްޖެ އެއް. އެއަށްވުރެ އިންސާފުވެރި ކޯޓުތަކެއް މި ދުނިޔޭގައިވެސް ނުހުންނާނެ. ހަމަ އެންމެމަތީ އަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލާ އުޞޫލުން ނިންމާލަދޭނެ.

 3. ފަޒީލާ އިކްލީލް

  100 ހަމަކޮށްލިނަމަ

 4. ލަމް

  ތިވަރުގެ މީހަކު މަސްތުވާތަކެތި ބޭނުން ނުކޮށެއް ނުހުންނާނެ