އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ކޮމޭޑިއަން ރާޖް ޕާލް ޔާދަވް ތިން މަހަށް ޖަލަށް ލައިފިއެވެ.

އޭނާ ޖަލަށް ލާން އިންޑިއާގެ ދިއްލީ ހައިކޯޓުން ހުކުމް ކުރީ 2010 ވަނަ އަހަރު އޭނާ ނެގި ފަސް ކުރޯޑް ރުޕީސްގެ ލޯނެއް ނުދެކި މަސައްލައެއްގައެވެ.

ރާޖްޕާލް ޔާދަވް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ވެގެން މި ލޯނު ނެގީ އެދެމީހުން ވެގެން ފިލްމެއް އުފެދުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ފިލްމު 2012 ވަނަ އަހަރު ނެރެފައިވާއިރު އެ ފިލްމު އުފައްދަން ނެގި ފައިސާއެއް އޭނާ އަނބުރާ ދައްކާފައެއް ނުވެއެވެ.

ފިލްމީ ތަރި ރާޖް ޕާލް ޔާދަވް ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން އަންނަ އަހަރު ރިލޯޒް ކުރުމަށް ހަމަޖެހިފައިވާ ޓޯޓަލް ދަމާލް ފިލްމުން ޖާގަ އޭނާ އަށް ގެއްލޭނެއެވެ.

މިމައްސަލާގައި ރާޖްޕަލް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ބައިވެރިވުން ހިމެނޭ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވާއިރު އޭނާގެ އަންހެނުން ޖަލަށް ލުމަށް ހުކުމް ކޮށްފައެއް ނުވެއެވެ.

ރާޖް ޕާލްވަނީ މިދިޔަ އެޕްރީލް މަހުވެސް ޖަލު ހުކުމެއް އޭނާގެ މައްޗަށް އައިސްފައެވެ. އޭރު އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ވިޔަފާރިވެރިއެއްގެ އަތުން އަށް ކުރޯޑް އިންޑިއަން ރުޕީސް ނަގައި އެ އަނބުރާ ދިނުމަށް އޭނާ ދިން ޗެކް ބައުންސްވި މައްސަލާގައިއެވެ. ރާޖްޕާލްއަށް ހަމަސްދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް އޭރު އޭނާ ޖަލަށް ނުލާ ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

ރާޖްޕާލް ކަފާލާތުގެ ދަށުން މިނިވަން ވެފައިވަނީ ކޮންމެ މައްސަލައަކަށް 1.60 ކުރޯޑް އިންޑިއަން ރުޕީސް ދެއްކުމުންނެވެ.

ރާޖްޕަލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު ޖުޑްވާ 2 އިންނެވެ. ރާޖްޕާލް ކުޅެފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި "ހަންގާމާ"، "ޗުޕް ޗުޕް ކޭ"، "ގަރަމް މަސާލާ"، "ޖުޑްވާ 2" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު