މި އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފެންޓަސީ ޑްރާމާ "ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ހޭޑޭ ޕްރޮޑައުކްޝަންގެ މި ފިލްމު ކުޅެފައިވަނީ ޖޭ.ކޭ ރޯލިން ލިޔެފައިވާ އާދަޔާ ޚިލާފް ވާހަކައެއްގެ މައްޗަށެވެ. ޑައިރެކްޓާރ ޑޭވިޑް ޔަޓްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އެޑީ ރެޑްމޭން، ޖޫޑް ލޯ އަދި ޖޯނީ ޑެޕެވެ.

ޔޫ.ކޭ އަދި ޔޫ.އެސް.އޭ ގެ މި ފިލްމު، ކުރިން ގެނެސްދިން ފިލްމަށްވުރެ ތަފާތު ވާނެ ކަމަށް މި ފިލްމުގެ ޕޮރޮޑިއުސަރުން ކަމުގައިވާ ސްވީޓް ކްލޯވްސް، ޖޭކޭ ރޯލިން، ލައޯނެލް ވިގްރަމް އަދި ޑޭވިޑް ހޭމަން ބުނެފައިވެއެވެ.

ޑްރާމާ ސީރީޒްއެއްގެ ގޮތަށް ނެރެމުން އަންނަ މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންގޮސްފައިވަނީ، މެކްޔޫއެސްއޭ ނުލަފާ ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރާ މަންޒަރެވެ. ދެވަނަ ބައިގެ ފުރަތަމަ ޓްރެއިލާ މިހާރު އާންމުވުމާއެކު، މި ފަހަރުގެ މި ފިލްމުގައި ހިނގާނޭ އާދަޔާ ޚިލާފު ކަންތައްތައް ބަލާލުމަށް، ބެލުންތެރިން ތިބީ ކެތްމަދުވެފައިއެވެ.