ދާދި ފަހުން ބޭއްވި ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ކައިވެންޏަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އިޓަލީގައި ބޭއްވި ސިއްރު ކައިވެނީގެ ޙަފްލާތަކުން ފެށިގެން ގޮސް، އެންމެ ފަހުން އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިޔަ ޙަފްލާތަކަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

އެގޮތުން، އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ކަމަކަށްވީ، ކައިވެނީގެ ސިލްސިލާ ޙަފްލާތަކުގެ ތެރެއިން މުމްބާއީ ގައި ކުރިއަށް ގެންދިޔަ ޙަފްލާގައި ދިޕިކާ ލައިގެން ހުރި ހެދުން ނުވަތަ އަޅައިގެން ހުރި ސާޅިއަށެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ދިޕިކާގެ ލެހެންގާ އަކީ އަބޫ ޖާނީ ސަންދީޕް ކޯސްލާ ޗިކަންކާރީ ލެހެންގާ އެކެވެ. މި ލެހެންގާ އަކީ އައިވަރީ އަދި ރަން ކުލައިގެ ލެހެންގާ އެއް ނުވަތަ ސާޅިއެކެވެ.

މި ލެހެންގާއާ ބެހޭގޮތުން މީޑިޔާތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުން، މިއީ އެތައް ގަޑިއިރެއްގެ މަސައްކަތުން ފަރުމާކޮށް ނިންމާފައިވާ އުފެއްދުމެކެވެ. އެގޮތުން މި ސާޅި އެއްކޮށް ނިންމުމަށް 16000 ގަޑިއިރު ހޭދަވެފައިވާކަމަށް އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގައި މިފަދަ ރީތި އަދި މޮޅެތި ހެދުންތައް ފެނިގެން ގޮސްފައިވާއިރު، ފިލްމީ ދާއިރާއާއި ފެޝަން ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން ބަލަމުންދަނީ ޕްރިޔަންކާ އަދި ނިކްގެ ކައިވެނީގައި ބޭނުންކުރާނޭ ހެދުންތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންނާން

    އަމާތަ!!!!
    1 އަހަރާ 8 މަސް ؟؟؟؟؟؟

  2. މަންނާން

    ޤަބޫލު ކުރެވޭ ކަހަލަ ވާހަކަތަށް ލިޔެބަލަ!!!!!

  3. ޒާނާ

    ހާދަ ގަބޫލު ނުކުރެވޭކަހަލަ ވާހަކަ އެކޭތީ......