26 އަހަރުގެ ދިގު މުއްދަތަކަށް ފަހު، ބައްޕަ މަރުނުވާކަން އެނގިއްޖެއެވެ.

ގާތްގަނޑަކަށް 30 އަހަރާ ގާތްކުރާ މުއްދަތަކަށް ފަހު ބައްޕަ މަރުނުވާކަން އެނގިފައިވަނީ އެމެރިކާގެ ޓެނެސްސީ އަށް ނިސްބަތްވާ އަންހެނަކަށެވެ. އެމީހާ އާއި އޭނާގެ ބައްޕަ މިހާރު ވަނީ ބައްދަލުވެފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ރޮނީ ރުޑޮލްފް އާއި އޭނާގެ ދަރިފުޅު ޖަނީ ރުޑޮލްފްގެ މަންމަ ވަނީ ވަރިވެފައެވެ. ދެ މީހުން ވަރިވުމަށްފަހު ޖަނީ އުޅެމުން ދިޔައީ މަންމަ ގާތުގައެވެ. ރުޑޮލްފް ވަނީ މަސައްކަތް ކުރުމަށް ލުބުނާނަށް ގޮސްފައެވެ.

ދެ ބަފައިން ދުރުގައި އުޅުނު ކަމުގައިވިޔަސް ފޯނު މެދުވެރިކޮށް ގުޅައިގެން ވާހަކަ ދައްކައެވެ. އެހެންނަމަވެސް، އެއް ދުވަހު ޖަނީ އޭނާގެ ބައްޕައަށް ގުޅުމުން ލިބުނީ ހާޓް އެޓޭކް އެއް ޖެހި ބައްޕަ މަރުވެފައިވާ ޚަބަރެވެ. އޭރު އެއީ ހަގީގަތް ކަމަށް ގަބޫލު ކޮށްގެން އެމީހުން ތިބީއެވެ. އެކަމުގެ ތެދު ދޮގު ބެލުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

އެހެންނަމަވެސް، ބައްޕަ މަރުނުވާކަން ޖަނީ އަށް އެނގިފައިވަނީ މަންމަ މަރުވި ފަހުންނެވެ. އެކަމުގެ ސަބަބަކަށްވީ މަންމަ މަރުވުމަށްފަހު ބެލި ބެލުންތަކެކެވެ. އެގޮތުން ރޮނީގެ މަރުގެ ސެޓްފިކްޓް އެއްވެސް ތަނަކުން ނުފެނުނެވެ. އެހެންކަމުން، ބައްޕަ ދިރިހުރިތޯ ބަލަން އޭނާ މަސައްކަތް ފެށިއެވެ.

ކުރި މަސައްކަތްތަކުން އެނގުނު ގޮތުގައި ޖަނީގެ ބައްޕަ އޭރުވެސް އުޅެމުން ދިޔައީ ލުބުނާނުގައެވެ. އެހެންނަމަވެސް، އޭނާއަށް އެކަން ޤަބޫލު ނުކުރެވުނެވެ. އެހެންކަމުގައިވިޔަސް، އެއީ ހުވަފެނެއް ނޫންކަން އެނގުމުން ޖަނީ މިހާރު ހުރީ ވަރަށް އުފަލުންނެވެ.

މިކަމާ ގުޅިގެން ރޮނީވެސް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނި ގޮތުގައި ކުރިން ހީކޮށްގެން ތިބީ އެއްވެސް މީހަކު ރޮނީ ބޭނުން ނުވާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު