ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް ފުރަތަމަ ކައިވެނި ކްރިސްޓިއަން ދީނުގެ ވައްޓަފާޅިއަށް ކުރީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އަދި އިއްޔެ ހިންދޫ ދީނުގެ ވައްޓަފާޅިއަށް ކައިވެނިކުރިއިރު، އުމައިދް ބަވަން އޮތީ އެ މީހުންގެ ކައިވެނީގެ ހަފްލާއަށް ތައްޔާރަށެވެ.

އެ ހަފްލާގައި އެ މީހުން އަޅައިގެން ތިބި ހެދުންތަކަށްވެސް ގިނަބައެއްގެ ސަމާލުކަމެއް ލިބުނުއިރު، އެ ހެދުންތައް ތައްޔާރުކޮށްފައި ވަނީ ރަލްފް ލައުރެންއެވެެ. އަދި ކްރިސްޓިއަން ދީނުގެ ކައިވެނި ކުރިއަށްދިޔައީ، ނިކްގެ ބައްޕަގެ ހެޔޮއެދުންތަކާއިއެކުގައެވެ.

ނަމަވެސް ދެ މީހުންގެ ކައިވެނި ހަފްލާ ކުރިއަށްގެންގޮސްފައި ވަނީ ވަރަށް މަދު ބަޔަކަށް ދައުވަތުދީގެންނެވެ. އެ ކައިވެނީގެ ހަފްލާތަކުގެ ފޮޓޯތައް ދެ ތަރިންވެސް މީސް މީޑިއާއަށް ލިއެވެ. އަދި ގިނަބައެއްގެ ތައުރީފާއި ލޯބިވެސް ހޯދިއެވެ. އަދިވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ އެ ކައިވެނީގެ ހަފްލާގެ އާ ފޮޓޯތކެއް ފެނިދާނެ ކަމަށެވެ،

ރިޕޯޓްތައް ބުނާގޮތުގައި، މި ދެތަރިންގެ ކައިވެނީގެ ހަފްލާގައި 18 ފޫޓްގެ ބޮޑު ކޭކެއް ފެޅިއެވެ. އެ ކޭކު ތައްޔާރުކޮށްފައި ވަނީ ނިކްގެ ޕާސަނަލް ޝެފްއެކެވެ. އެ ޝެފަކީ ދުބާއީއަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ ނިކްގެ ކައިވެންޏަށް ހާއްސަކޮށް އިންޑިއާއަށް އައިސްފައެެވެ.

18 ފޫޓްގެ ކައިވެނީގެ ކޭކު ތައްޔާރުކޮށްފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އޮތް ހަފްލާއަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޝެފް އިންޑިއާ އައިސް ވަރަށް ގިނަ ރެސްޓޯރެންޓްތަކަށް ޒިޔާރަތް ކުރިއެވެ. އަދި އެތަނުގައި ހަދާ އިންޑިއާ ކެއުންތަކުގެ ރެސިޕީތައްވެސް ބެލިއެވެ.

މި ދެ ތަރިން މިހާރު ޖޮއިޕޫރް އިން ދިއްލީއަށް ގޮސްފިއެވެ. އަދި ދިއްލީގައި މާދަމާ ޕާޓީއެއް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލވލނ

    ހާދަ ހަރަދެކޭ

  2. މީހެއް
  3. ޑޮން

    ޢަހަރުން ކައިރީގަ ތީ އެކައްޗެއްވެސް ނުން???

  4. ޑިމޮކްރަޓިސްޓް

    ސުނިޔަންކާއަށް އިންވައިޓްވެސް ނުކޮށް ކަންނިންމާލީދޯ؟