ޗައިނާގައި ހުންނަ ބިއްލޫރި ބްރިޖެއްގެ ވާހަކަ އަޑުއަހަމުއެވެ. އެތަނަށް އަރާ މީހުން ބިރުން އުޅޭ ވާހަކަވެސް އަޑުއަހަމެވެ. އެތަނަށް ދާ ފަތުރުވެރިން ގިނައެވެ. ނަަމަވެސް ގިނަ މީހުން އުޅެނީ އޭގެ މަތިން ދަތުރު ކުރަންވެސް ނުކެރިފައެވެ. މިއީވެސް އެފަދަ މީހެކެވެ.

އައިޒާހް ވޯލްކްވޭގައި މި މީހާ ހިނގަން ހުރީ ބިރުންނެވެ. އެންމެ ފަހުން އޭނާ ގެންދަން ޖެހުނީ ދަމާފައެވެ. އޭނާ އެ ބްރިޖް މަތީގައި ދަމާފައި ގެންދާ ވީޑިޔޯއެއްވެސް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެެވެ.

އެ ވީޑިޔޯއިން ފެންނަނީ އެ މީހާ ބިރުން އެ ބްރިޖްގެ ދަނގަޑުގައި ބާރަށް ހިފަހައްޓައިގެން ހުރި މަންޒަރެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ ގަދަކަމުން ބްރިޖް މަތީގައި ދަމާފައި ގެންގޮސްފައެވެ.

އައިޒާހް ބިއްލޫރި ބްރިޖަކީ ޗައިނާގެ ހުއާން ޕްރޮވިންސްގެ 500 މީޓަރު އުހުގައި، އިންނަ ބްރިޖެކެވެ.

މީގެ ކުރިންވެސް އެ ބްރިޖަށް އެރި ބައެއް މީހުންނަށް ބޮޑު ލަޑެއް ވަނީ ދީފައެވެ. އެ ބްރިޖް ތަޅައިގެން ދާ ފަދަ އަޑުތަކާއި، ބިއްލޫރި ދަށުން ތަޅައިގެންދާ ކަހަލަ މަންޒަރުތައް ދައްކުވައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު