ކައިވެންޏަށް ތައްޔާރުވަމުން އަންނަ ދެ ލޯބިވެރިން އަބަދުވެސް ބޭނުންވާނީ ތަފާތު ގޮތަކަށް ކައިވެނީގެ ކަންކަން ކުރިއަށްގެންދިޔުމަށެވެ. ތަފާތު ގޮތަކަށް އެ މީހުންގެ އެންގޭޖްމެންޓްވެސް ކުރިއަށްގެންދަން ބޭނުންވެއެެވެ. އެގޮތުގެ މަތިން ދުރާލާ ރާވައިގެން އެކި ގޮތްގޮަތަށް ޕްލޭންތައް ކުރެއެވެ.

އާއްމުކޮށް ގިނަ އެންގޭޖްމެންޓްތައް ވެފައި އޮންނަނީ ސަޕްރައިޒަކަށެވެ. އެހެން ނަމަވެސް ސަޕްރައިޒްއަކާއި ނުލާވެސް ބައިވެރިޔާ އުފާކޮށްދިނުމުގެ ގޮތުން ނުވަތަ އެ ދުވަހަކީ ހަނދާނުން ފިލަނުދާނެ ވަރުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެގޮތުން މިއީ ތަފާތު ގޮތަކަށް އެންގޭޖްވި ދެ ލޯބިވެރިއެކެވެ. މިއީ ވަރަށް ފަހުން އެންގޭޖްވި ދެ ލޯބިވެރިންނެވެ. މި ދެ ލޯބިވެރިން އެންގޭޖްވެފައި ވަނީ މޫދު އަޑީގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މިއީ އަންހެން މީހާއަށް ނޭގި ޕްލޭން ކުރި އެންޖޭޖްމެންޓެކެވެ. ފީނަން ދިޔުމަކީ ނުކުރާކަމެއް ކަމަށް ބުނެ ބައިވެރިޔާ ގޮވައިގެން ދިޔައީ ފީނާށެވެ. ފީނަން ދިޔައިރު، އެކުގައި ތިބި މީހުންނަށް ކުރަން އުޅޭ ކަންތައް އެނގުން ނަމަވެސް ބައިވެރިޔާއަށް އޭގެ ކުޑަމިންވަރެއްވެސް ނޭގެއެވެ.

ބައިވެރިޔާއަށް ދިނީ ސަޕްރައިޒެކެވެ. މިއީ ދިވެހި ދެ ލޯބިވެރިޔަކު މިފަދަ ގޮތަކަށް އެންގޭޖްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މިހާރު މީސް މީޑިޔާގައި މި ދެ ދިވެހިން އެންގޭޖްވިތަން ފެންނަ ވީޑިޔޯއެއް ދަނީ ދައުރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މި ދެ ލޯބިވެރިން އެންގޭޖްވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މީހުން އެންގޭޖްވެފައި ވަނީ ހުޅުމާލޭގެ ޑައިވް ޕޮއިންޓެއްގައެވެ.

މި ދެ މީހުންގެ ތެރެއިން އަންހެން މީހާއަކީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ފިިރިހެން މީހާއަކީ އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހެކެވެ.

މި މަހުގެ 10 ވަނަ ދުވަހު މި ދެ ލޯބިވެރިން އެންގޭޖްވިއިރު، މި ދެ ލޯބިވެރިން ކައިވެނި ކުރާނެ ތާރީހެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދިވެހިން ވެސް އެންގޭޖު ވޭތަ ފަރަންޖީން އުޅޭހާގޮތަކަށްދޯ މިއަދު މިމީހުންވެސް އުޅެންޖެހެނީ ދެންފުރަތަމަ ތިން ހަތަރު ދަރިން ހޯދާ ފަހުން ކައިވެނި ކުރާނީ..... ވާ ވާ

  2. މާގިނަދުވަހެއް ނުވާނެ.

  3. ސުބުޙާނަﷲ

  4. ތިކުރެވުނީ މޮޅުކަމެއް

  5. ޙުސައިން މ. މުލި

    ތީ މުސްލިމުން ކޮށް އުޅޭ ޒާތުކަމެއް ނޫން

  6. ހަމަ ޗޮކުން ދާނީ

    ލޮލް

  7. ތިޔަ ހާލުގަ އެންގޭޖް ވުމަށްވުރެ ފަސޭހަވާނެ ގޭގަ ތިކަން ކުރީމަ

  8. Ţhï ĕhą møľhū ķámèh ñuñ

  9. ޚުރާފަތހު

    ތިގޮތަށް ގޮތް ދައްކާގެން ކުރާ އެއްވެސް ކައިވެޏެއް ދިގު

    މުއްދަތަކަށް ނުރޫޅި ނެތްކަން ފާހަނގަ ކުރެވޭ!!!!!

  10. ސުބްޙާނަﷲ. އެންގޭޖްވުމާ، ޑޭޓަށްދިޔުމާ އުފަންދުވަސް ފާހަގަ ކުރުން މިއީ މުސްލިމުން ކުރަން ޖެހޭ ކަމެއްނޫން.

    • ތިޔޭ އެއްކަލަ

      ނުރަބޯ. ދީނުގަ އޮވޭ އެންގޭޖްވުން. ފާޑަކަށް ޖޭ ނުވެ އަގައިން އެމީހުންނަށް ހެޔޮ އެއްޗެއް ކިޔާބަލަ.

      • ނުރަބޯ އެއުޅެނީ ޖޭ ވެގެން... ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ރާއްޖޭގަ ފުރަތަމަ ކަނޑު އަޑީގަ އެކަން ކުރީ އެމީހުން... އޮބިނެސް ޓު ދަ މެކްސް

        • އެނޮނީމަސް

          ތިޔޭ އެއްކަލަ އަށާއި ލައިޝާއަށް ތިއުޅެނީ ނޭނގިގެން... ނުރަބޯ އެބުނީ ތެދަށް... ދީނުގައި މަނާ ކުރައްވާފައިވަނީ މުނާފިގުން ކުރާ ގޮތަށް ކޮށް އުޅޭ ކަންކަން

          • ކިޔުމުން ދޭހަވާ

            އެއްބަސް

          • ތިޔޭ އެއްކަލަ

            ދީނުގަ ހުއްދަ، ޙިތުބާ ކިޔާ ބަހުގެ މާނައަކީ އިނގިރޭސިން ބުނާ ނަމަ "އެންގޭޖްވުން"

  11. ކަން ދެއްކުން ނޫން އެހެން ކަމެއް ނޫން..!

  12. ޕިސް. ޕިސް....އެންގޭޖް...އެންގޭޖް... ދިވެހިންތަ އެންގޭޖްމިވަނީ... ގަދަ... ކޮޕީކޮށްލަން ދިވެހިންވަރެއް ނޯންނާނެ.... ތިހާމޮޅުކަމެއްކުރި މީހުންގެ ނަންތައް ކީއްވެތަހާމަނުކުރީ... ލަދުގަތީދޯ...

  13. ވޭލްޝާރކް

    ހިތުން ތިޔާ ކުރެވުނީ ވަރަށް މޮޅު ކަމެއް.. ދިވެހިރާއްޖޭގައި ވެސް އެންގޭޖްކޮށްގެން ތިން ހަތަރު އަހަރު ކައިވެނި ނުކޮށް އުޅެވޭތަ؟؟

  14. ޢަހުމަދު ސާހު އަލީ

    މައިންބަފައިން ދަރިންނަށް ހަރަދު ކޮށްގެން ބޮޑުކުރީ ދަރިން ގެ ކައިވެނި އެމީހުންނާ ދުރުގަ ކުރަންތޯ ސުވާލަކީ ކިހާ ދެރައެއްވޢނެ ކަރުނަ އަޅާނެވަރު ނުވިސްނޭތޯ

  15. ކޮންމެ އެއްޗެކޭ ކިޔަސް ރާއްޖޭގަ ކަނޑު އަޑީގަ ފުރަތަމަ ފަހަރަށް އެމީހުން އެކަން އެކުރީ، ވަރަށް ލޯބި އަސްލު، އޮބިނަސް ޓުދަ މެކްސް

  16. މި ގައުމުގެ ގިނަ މީހުން ބޭނުންވަނީ ކާފަރުން އުޅޭ ގޮތަށް އުޅެން. އެކަހަލަ ދައްޖާލެއްގެ ފަހަތުގައި އެމީހާއަށް ތަބާވެގެން އުޅޭ މީހުން މި ރާއްޖޭގައި މިހާރު ގިނައީ.

  17. ތިޔަ އެންގޭޖްވުމާ ލޯބިވެރިންނަނަކީ އަހަރުމެންގެ އިސްލާމް ދީނުގައި އޮންނަކަމެއްނޫން. އަހަރުމެން ދިވެހިންނަށް ތެދުމަގު ދައްކަވާށިއެވެ.

  18. ދަރިން އުފަންކުރާނީވެސް މޫދު އަޑިގަ ތޯއްޗެއް. ދިވެހިން ފޮނި ދެއްކުމުގަ އެއްވަނަ.