މިހަފްތާގެ ތެރޭގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ ގިނަ ދިވެހިން މަޝްޢޫލު ކުރުވާފައިވާ ގޭމް، "ޕަބްޖީ" ގޭމް މިޞްރުގައި ނުކުޅެވޭ ގޮތް ހަދަން ޤާނޫނެއް ފާސް ކުރުވުން އެވާހަކައެވެ. އެޔާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި، ރާއްޖެ ޝާމިލުވާ ގޮތަށް "ޕަބްޖީ" ގޭމްގެ ވާހަކަތައް ވައިގައި ހިފިއެވެ.
"ޕަބްޖީ" ގޭމްއަށް ގިނަ ދިވެހިން ތަކެއް ދެވި ހިފާފައިވާއިރު، މިހާރު ދެކެވެމުން މިއަންނަނީ ތަފާތު ވާހަކައެކެވެ. ޕަބްޖީ ގޭމް ދޫކޮށްލުމަށް ބުނެ މީހުން ކުރަމުން އަންނަ ޕޯސްޓްތަކާއި ޝެއަރ ކުރަމުން އަންނަ ޕޯސްޓްތަކެވެ.
ރާއްޖޭގެ ޕޭޖްތަކުގެ އިތުރުން ބޭރުގެ ބައެއް ޕޭޖްތަކުންވެސްވަނީ ވަކި ވަރަކަށް ކޮމެންޓް އަދި ލައިކް ލިބިއްޖެނަމަ ޕަބްޖީ ގޭމް ކުޅެން ހުއްޓާލާނެ ކަމަށް ބުނެ ޕޯސްޓްކޮށްފައެވެ. މިއާއެކު ޕަބްޖީއަށް "މޮޔަ" ވެފައިތިބި ގިނަ ބަޔަކުވެސް މިޕޯސްޓްތައް ޝެއަރކޮށްފައެވެ. އަދި މިއާއެކު "ޕަބްޖީ" އެކަމާ އެކަމާ ރުޅި ގަދަވެފައިތިބި އެތައް ބަޔަކުވަނީ މިޕޯސްޓް ތަކަށް ބޭނުންވާ ކޮންމެންޓާއި ލައިކްސް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެއް ހާހުން ނުވަތަ ދެ ހާހުން ލައިކްސް ލިބުމުން ގޭމް ކުޅުން ހުއްޓާލާނެ ކަމަށް ބުނި މީހުންގެ ޕޯސްޓްތަކަށް ކޮމެންޓް އާއި ލައިކްސް ހޯދުމުގެ މަސައްކަތް އެމީހުންގެ އެކުވެރިންދަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ މިވަރަށް ކޮމެންޓް އަދި ލައިކްސް ހޯދުމުންވެސް ޕަބްޖީ ކުޅުން މިވެރިންނަށް ހުއްޓާލެވޭނެ ހެއްޔެވެ؟
ވަރަށް ވަރުގަދައަށް ދެވި ހިފާ ގޭމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޕަބްޖީ ލޯންޗް ކުރީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް އެގޭމް މަގުބޫލް ވެގެން ގޮސްފައި ވަނީ މީގެ ދެތިން މަހެއްހާ ދުވަސް ކުރިންނެވެ.
މިއީ ޝައިޠާނީ ކުޅިވަރެއް. އެހެން މިބުނީ ދުނިޔެ ހެއްދެވި އެހެން މަސައްކަތް ތަކާއި ދުރުކޮށް ތިމާގެ ނިދިވެސް ނަގާލައި ރޭގަނޑު ދާ ހަތަރު ދަމުވެސް މި އެއްޗެއްކުޅެން މީހުންވަނީ ދެވިހިފާފައި. ނަމާދެއް ކުރުމެއް. މީހަކަށް އަޅާލުމެއް، ތިމާ އަދާކުރަންޖެހޭ އެހެން ވާޖިބެއް އޮތްކަން ހަނދާންނެތް. މިއީ ނުބައިކަން ބޮޑު ކުޅިވަރެއް. ބައެއް މައިންބަފައިން އެމީހުންގެ ދަރިން މިކުޅިވަރު ކުޅެއަވާގައި ޖައްސުވާފައި ދެން އެވާހަކަ ދައްކަނީ. މުޅި ޒުވާންޖީލު ހަލާކުވެދަނީ މިފަދަ ކުޅިވަރު ތަކާހެދި. ނުވެސް ދަންނަމީހުންނާއި އެކިކަހަލަ ވާހަކަތައް ކުޑަކުދިން ދައްކާމަންޒަރުވެސްފެނޭ މިގޭމުގެ ތެރެއިން.
ކޮންމެކަމެއއވެސް ނަމާދޭ ކިޔާފަ ކިޔަން ޖެހޭތަ އެގޭމް ކުޅުމްކީ ނުބައިކަމެއްނުން އެިަމު އަބަދު ކުޅމަކީ ސިއްހތައްއ ގެއްލުން ކިރިކަމެއް
ނަސީބެއް
ދެން ރޫލްސް އޮފް ސަވައިވަލް ކުޅޭ
ކައޭ ކުޅެބަލަ....މާ ރާއޯސް ކުޅެވޭ ކަމަށް ހީކޮއް......
ހުއްޓައެއް ނުލާނަން... ކޮންމެ ކަމެއްވެސް ކުރަން ވާ ވަކިހައްދެއްގެ ތެރެއިން ކުރީމަ އިންނާނީ ރަނގަޅައް
ތިޔަ ކަން ވާނެބާ؟؟ އަހަރެމެން ގޭގަ ވެސް ތިޔެއް ކުޅޭށޭ ކިޔާފަ އަންނަ މީހުން އަންނާނެ 18:30 ހާ އިރު ކުޅުނިންމާ އިރު 10:30ނޫނީ11:00ހުންނާނީ.
ތީތި ކަޑަ
ޕަބްޖީ ކުޅުމަށްވުރެ ސިގިރޭޓް ބުއިމުން ލިބޭ ގެއްލުން މާބޮޑު. ގިނައިން ކެއީމަ ލިބޭ ގެއްލުންވެސް ބޮޑު. އަނެއްކަހަލަ ފިލްމު ބެލީމަ ސިކުނޑިއަށް ލިބޭ ގެއްލުންވެސް މާބޮޑު. ހާސްކަމާ ސްޓްރެސް އިން ލިބޭ ގެއްލުންވެސް ބޮޑު. މާލޭގެ ނުސާފުވައި ތެރޭގަ ނޭވާލުމުން ލިބޭ ގެއްލުންވެސް ބޮޑު. ގިނައިން އެނާޖީ ޑްރިންކް ބުއީމަ ލިބޭ ގެއްލުންވެސް ބޮޑު. ގިނައިން ކޯކް ބުއީމަ ލިބޭ ގެއްލުންވެސް ބޮޑު. އެހެންވީމަ ކީކޭބާ އެންމެން މިކިޔަނީ؟ ޕަބްޖީ ކުޅުމަކީ ހަރާމް ކަމެއްނޫން. ރޭގަނޑު ނުނިދާ ޓީވީ ބަލާ މީހުންވެސް އުޅޭ. ދެން އެހެންވީމަ ޓީވީ ބެލުން މަނާ ކުރަން ވީނު.
ތިޔަކަމެއްނުވާނެއް
ދެވަނަފަހަރަތިހެންނުބުނާތިއް