ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލްގެ ދެމެދުގައި ވަރަށް މައްސަލަ ޖެހި ގުޅުން ގޯސްވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ބުނުމުން ޝާހީ އާއިލާ އިން އެކަމާއި ހިތްހަމަނުޖެހި އެވާހަކަތައް ދޮގުކޮށްފިއެވެ.

ތުންތުންމަތިން ފެތުރޭ ވާހަކަތަކަށް ޝާހީ އާއިލާ އިން ޖަވާބުދާރީ ވުމަކީ އެއްވެސް ގޮތަކަށް ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް ކޭޓާއި މޭގަންގެ މައްސަލައިގައި ޝާހީ އާއިލާ އިން ވަނީ ބަޔާނެއް ނެރެފައެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން މިހަފްތާގައި ބުނީ ކޭޓްގެ މުވައްޒަފުންނާއި ވެސް މޭގަން ވަރަށް ބޭއަދަބީކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޭޓަށް ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޝާހީ އާއިލާ އިން ނެރުނު ބަޔާނުގައި ވަނީ ކޭޓާއި މޭގަން ގުޅުމާއި ބެހޭ ގޮތުން މީޑިއާ އިން ފަތުރާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކަތައް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުކުރުމަށް ވެސް ޝާހީ އާއިލާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީޑިއާތަކުން ވެސް އިން ފަހަނައަޅައި ދާނަމަ ޤާނޫނީ ހައްލުތައް ހޯދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ކޭޓްގެ ފޮޓޯތަކެއް މަޖައްލާ އަކުން އާންމު ކުރި މައްސަލައެއްގައި ވެސް މީގެ ކުރިން ޝާހީ އާއިލާ އިން ވަނީ އެމަޖައްލާ އާއި ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޯޮބޮނދު

    ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮއިމިންވަރު ބަލާ ބަލަ ... ޝާހީ އާއލާއިން އިނޒާރުދިނީ ރިޕޯޓަރުންނަށް.

  2. ރަދުން

    ނޫހުގަ ފޮޓޯއެއް ޖަހާލީމަ އަބުރުގެދައުވާޔޯ. މިރާއްޖެއަށް އައީ ޔޫރަޕްގެ ޑިމޮކްރެސީން އެއްފަޅިތަ؟

  3. ޖދސ

    އެވެސް ހަމަ އާއިލާއެއް. މައްސަލަ ޖެހޭނެ.

  4. ލާމު

    މޭގަންއަކީ ޝާހީ ޢާއިލާއަށް އެކަށީގެންވާ ކަނބަލެއް ކަމަކަށް ނުފެނޭ. ޑަޔާނާ، ކޭޓްފަދަ އަޚްލާގެއް ހުންނަ ކަނބަލެއްހެން ހީނުވޭ.