އިނގިރޭސިވިލާތުގެ ސަރަޙައްދެއް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މީގެ 500 އަހަރު ކުރިން ވަޅުލެވިފައިވާ މީހެއްގެ ކަށިގަނޑު ފެނިއްޖެއެވެ.

އެޤައުމުގެ ތޭމްސް ޓައިޑްވޭ ޓަނަލު ސަރަޙައްދު ކޮނުމުގެ މަސައްކަތް ކުރަމުން ދިޔަ އާކިއޮލޮޖިސްޓުންގެ ޓީމަކަށް މި މީހާގެ ކަށިގަނޑު ފެނިފައިވާއިރު، މިއީ އެތަނުގައި ވަޅުލާފައިވާ މީހެއް ނޫންކަމަށާއި މިއީ އެތަނުގައި ވަޅުލެވިފައިވާ މީހެއްކަމަށް ބުނެފައިވެއެވެ.

އާކިއޮލޮޖިސްޓުން ބުނެފައިވާ ގޮތުގައި މި ކަށިގަނޑުގެ އެންމެ ހައިރާން ކުރަނިވިކަމަކީ އެމީހާ އަރައިގެން ހުރި ބޫޓާއެކު ވަޅުލެވި، އަދިވެސް އެބޫޓު ފެންނަން އޮތުމެވެ.

ބޫޓު

މިއުޒިއަމް އޮފް ލަންޑަން އާކިއޮލޮޖީގައި މަސައްކަތް ކުރާ ބެތު ރިޗަޑްސަން ބުނެފައިވާ ގޮތުގައި މި މީހާ އަށް އެބޫޓު ލިބިފައިވަނީ ކިހިނެއްކަމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއްކަމުގައެވެ. މިއީ އެދުވަސްވަރާ އަޅާބަލާއިރު ވަރަށް ތަފާތު ބޫޓެއްކަމަށާއި، މި ތަކެތި އެޒަމާނުގައި ވަރަށް އަގުބޮޑުވާނެކަމަށްވެސް ބުނެފައިވެއެވެ.

ރިޗަޑްސަން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހާ އަރައިގެން ހުރި ބޫޓަކީ ސެކަންޑް ހޭންޑް އެއްޗެއްތޯ ނުވަތަ އެއީ ވަގަށް ނަގައިގެން އަރައިގެން ހުރި އެއްޗެތޯވެސް ސުވާލު އުފެދޭކަމަށެވެ،

މީގެއިތުރުންވެސް، ތާރީޚު ދިރާސާ ކުރުމަށް މި ތަން ކޮންނަމުން ދިޔަ މީހުން ބުނެފައިވާ ގޮތުން، މި ކަށިގަނޑު އޮތް ގޮތުންވެސް އިތުރު ސުވާލުތަކެއް ކުރެވެއެވެ. އެގޮތުން، މޫނުވަތަށް އޮތުމާއި އެހެންވެސް ބައެއް ކަންކަމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަންކަންކަމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު