ދުނިޔޭގެ މަޝްހޫރު ސްމާޓް ފޯންތައް އުފައްދާ ކުންފުނިތަކުން ފޯން އުފެއްދުމުގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ ފޯންގެ ކެމެރާގެ ކޮލިޓީ ރަނގަޅު ކުރުމެވެ. ފޯނުގައި ދެ ކެމެރާ ބޭނުންކޮށްގެން ޑީއެސްއެލްއާރު ގޮތަށް ފޮޓޯގެ ފަހަތް ފުސްކޮށް ފޯންތަކުން ފޮޓޯ ނަގަން ފެށިތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް ކެމެރާއަކުން ނެގޭ ފެންވަރުގައި، އެ ކޮލިޓީގައި ފޮޓޯއެއް ނަގާލުމަށް ފޯންތަކަށްވަނީ ނުކުޅެދިފައެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް ފޯން ބްރޭންޑް ކަމަށްވާ، ސެމްސަންގްއިންވެސް މިވަނީ ފޮޓޯގެ ކުއަލިޓީ މަތި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އަދި ފޯން މާކެޓް ކުރާއިރު، ފޮޓޯގެ މޮޅުކަން ދައްކާ ފޯނު ވިއްކުމުގައި އެވެރިންވެސްވަނީ ކުރިޔަށް ޖެހިލާފައެވެ. ނަމަވެސް، ސެމްސަންގްއިން ނެރުނު ފޯން އިސްތިހާރެއްގައި ސެމްސަންގް ގެލެކްސީ އޭ8 ސްޓާއިން ނަގާފައިވާ ފޮޓޯއެއް ކަމަށްބުނެ ޑީއެސްއެލްއާރ ކެމެރާއަކުން ނަގާފައިވާ ފޮޓޯއެއް ބޭނުންކޮށްފައިވާކަން މިވަނީ ފަޅާ އަރައިފިއެވެ.

މަޝްހޫރު ފޮޓޯ ގްރާފަރ އަދި ލިޔުންތެރިއެއް ކަމަށްވާ ޖުންޑާ ޖުޓުޖީ ބުނެފައިވަނީ އޭނާ ޑީއެސްއެލްއާރު އަކުން ނަގާފައިވާ ފޮޓޯއެއް ސެމްސަންގް އިންޑޮނޭޝިޔާ އިން ސެމްސަންގް ގެލެކްސީ އޭ8 ސްޓަރ ފޯނުން ނަގާފައިވާ ކަމަށްބުނެ އިޝްތިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ފޮޓޯ ބޭނުންކޮށްފައިވަނީ ފޮޓޯ ވިއްކާ ސައިޓްއަކުން ގަނެގެން ކަމަށާއި ނަމަވެސް މިގޮތަށް އުޅުވާލުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށްވެސް މީނާ ބުނެފައިވެއެވެ.

އިޝްތިހާރު ތަކުގައި މިފަދަ ގޮތަކަށް އޮޅުވައިލައިގެން ވާހަކަތައް ގެނެސްދިނުމަކީ އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަލަ

    ކަލޭ ހީކުރީ އިސްތިހާރު ތަކަކަކީ ހަގީގަތް ކަމަށް ދޯ މިއޮށް ހާ ދުވަހު

  2. ޙައްޖަ

    ޢިސްތިހާރަކީ މުޅިންވެސް ފޭކު މޮޅެތި އިސްތިހާރު ކުޅެފަ ގަނެގެން ބޭނުން ކުރަން ފެށީމަ މިއެނގެނީ ތަކެތީގެ ފެންވަރު..ވިއްކަންވެގެން ކުރާކަމެއް އެއީ..