އިންތިހާ ދަރަޖައަށް ވައި ތަޣައްޔަރުވުމާ ކުރިމަތިލާން ޖެހިފައިވާ އިންޑިޔާއިން، ހައިޑްރޮޖަން ޕަވަރ ސެލް އެއްގެ އެހީގައި ދުވާ ބަހެއް ތަރައްޤީކޮށްފިއެވެ.

އިންޑިޔާގެ މަޝްހޫރު ޓާޓާ ކުންފުންޏާއި އިންޑިޔަން އޮއިލް ކޮމްޕެނީ ގުޅިގެން އުފެއްދި މި ބަހުގެ ޓެސްޓުތަކެއްވެސް މިހާރުވަނީ ކޮށްފައެވެ.

ޓާޓާ ސްޓަރ ބަސްގެ ނަމުން ނަން ދީފައިވާ މި ބަސްތަކުގައި ހަރުކޮށްފައިވާ ޕަވަރ ސެލް ތަކަކީ ބެޓެރިއެއްފަދަ އެއްޗެކެވެ. ކަރަންޓުން ޗާޖުކުރުމުގެ ބަދަލުގައި މި ބެޓެރިތަކަށް ފޯރުކޮށްދޭން ޖެހެނީ ހައިޑްރޮޖަން އާއި އޮކްސިޖަން އެވެ. އެހެންކަމުން، ބަސްތައް ދުއްވިކަމުގައިވިޔަސް އެއްވެސް ބާވަތެއްގެ ވިހަ ގޭހެއް ޖައްވަކަށް ދޫ ނުކުރާނެއެވެ. އޭގެ ބަދަލުގައި މި ބަހުން އުފައްދާނީ ހޫނާއި ފެނެވެ.

މިފަދަ ކޮންސެޕްޓްތަކަށް ބިނާކޮށްގެން އުފައްދާފައިވާ ބައެއް ބަސްތައް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުގައި މިފަދަ ބަސްތަކެއް ދަނީ ބޭނުންކުރަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މިފަދަ ބަސްތަކަކީ ކޮމްބަޝަން އިންޖީނަކުން ދުވާ ބަސްތަކަށްވުރެ ބާރުގަދަ އެއްޗެއްވެސްމެއެވެ.

މިއީ އިންޑިޔާގެ ބޮޑެތި ޝަހަރުތަކަށް ދިމާވެފައިވާ ވައި ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރަން ކުރިއަށް އެޅޭނެ ފިޔަވަޅެއްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ތިބަހުން ދަތުރު ކުރާ އަންހެނުންގެ ޢިއްފަތް ތެރިކަމާއި ފިރިހެނުންގެ ރަޙްމަތްތެރިކަން އޮތީ ކިހާ މިންވަރަކަށްބާ؟؟؟؟