އުމުރުން 12 ވަރަކަށް އަހަރުގައި މާލެ ބަދަލުވެ ވަޑައިގަތަސް، އުފަން ރަށް ހއ. ދިއްދޫ ދެކެ ވެވަޑައިގަންނަވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަދަރުސީ ދައުރު އޭރު ކިޔެވެން އޮތް ވަރަށް ކިޔަވައިގެން މާލެ ބަދަލުވެވަޑައިގަތީ މަތީ ތައުލީމާއި ވަޒީފާ ހޯއްދެވުމަށެވެ. އެކަމަކު ކުޑަ ޗުއްޓީއެއް ލިބިއްޖެ ނަމަ، މާލޭގައި އުޅޭ އެކުވެރިންނާ އެކުގައި، ލޯންޗެއް ހިފައިގެން ނަމަވެސް ހަ ވަރަކަށް ދުވަހަށް ރަށަށް ވަޑައިގެން ރަށުގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގައި ސަފުން ފެނެއެވެ. ހާއްސަކޮށް ކުޅިވަރުގެ ދާއިރާއަކީ އޭރުވެސް މިހާރު ވެސް ލޯބި ކުރައްވާ އެންމެ ބޮޑު އެއް ކަންތަކެވެ. ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިއަށް ރައްޔިތުންގެ މަޖިލިހުގެ…