މޭގަން މާކެލްގެ ވެޑިން ޑްރެސްގެ ފަސްބައިގައި ފަސް މީޓަރު ހުރުމުން އެކަން ބައެއް މީހުންގެ ސަމާލުކަމަށް އައިއެވެ. މިހާރު އަނެއްކާވެސް މިއޮތީ ވެޑިން ޑްރެސްއެއްގެ ފަސްބައި އާދަޔާއި ހިލާފަށް ބޮޑުވުމުން އެކަން މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

އިންޑިއާގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާގެ ވެޑިން ޑްރެސްގައި 75 ފޫޓް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި އުމުރުން 26 އަހަރުގެ ނިކް ޖޯނަސްގެ ކައިވެނި ހަފްލާގައި ޕްރިޔަންކާ ބޭނުންކުރި ހެދުމުގެ ފަސްބައި އުފުލަން ވެސް ފަސް މީހުން ބޭނުން ވިއެވެ.

https://www.instagram.com/p/Bq-FKcAHyXN/?utm_source=ig_embed

 

https://twitter.com/emilyleee/status/1069995689256587264

2017 ވަނަ އަހަރުގެ މެއި މަހު ފުރަތަމަ ބައްދަލުވި ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ކުރިއަށް ދިޔައީ މިދިޔަ ހަފްތާގައި އިންޑިއާގައެވެ. ވަރަށް ހާއްސަ ގާތް މީހުންނަށް ދައުވަތު ދިން ޕާޓީގެ ބައެއް މަންޒަރުތައް ދެމަފިރިން މިހާރު ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.