އާއްމު ސައިޒަށް ވުރެ އެތައް ގުނައެއް ބޮޑު ގެރިއަކަށް، ދާދި ފަހުން އިންޓަނެޓާއި މީސް މީޑިޔާގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިގެން ގޮސްފައެވެ. އެކަމާ ގުޅިގެން މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި އެކިއެކި މަޝްވަރާތައްވެސް ކުރެވިގެން ދިޔައެވެ.

މި ބިޔަ ގެރިއަށްފަހު، މިހާރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އާއްމު ސައިޒަށްވުރެ އެތައް ގުނައެއް ކުޑަ ގެރިއަކަށެވެ. އެމެރިކާގެ މިސިސިޕީގައި އުފަންވެފައިވާ މި ގެރިއަކީ، ދުނިޔޭގެ އެންމެ ކުޑަ ގެރިކަމުގައި ރަސްމީކޮށް މިހާރުވަނީ ކަނޑައެޅިގެން ގޮސްފައެވެ.

އެމެރިކާގެ މިސިސިޕީގައި ހުންނަ ޖަނަވާރުންގެ ޞިއްޙަތާ ބެހޭ ކޮލެޖަކަށް މި ގެރިވަނީ މިހާރު ގެންގޮސްފައެވެ. އަދި އެފަރާތްތަކުން ވަނީ މި ގެރިއަށް "ލިލް ބިލް" ގެ ނަމުން ނަން ދީފައެވެ.

މި ގެރި ބަލަހައްޓަމުންދާ ކޮލެޖުން، މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެސޮރު އުފަންވިއިރު އެސޮރުގެ ގައިގައި ހުރީ އެންމެ 4.5 ކިލޯގުރާމު ކަމުގައެވެ. އަދި، އެއީ، އާއްމު ގެރީގެ ސައިޒުގެ 10 ގުނަ ކުޑަ އަދަދެއްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ގެރީގެ ޞިއްޙަތަށް އެންމެ ފުރަތަމަ ނުރައްކާ ވެދާނެކަމަށް ބެލެވިފައިވެއެވެ. އެހެންނަމަވެސް، މިހާރު އެއްވެސް މައްސަލައެއް ނެތި މި ގެރި އުޅެމުންދާކަމަށްވެއެވެ. މި ގެރި ބަލަހައްޓަމުންދާ ތަޖުރިބާކާރުންގެ ޓީމުން ބުނެފައިވާ ގޮތުގައި، ގެރީގެ އެންމެ ފަހުގެ އަޕްޑޭޓްތައް، މީސް މީޑިޔާ މެދުވެރިކޮށް އެމީހުން ދެމުން ގެންދާނެކަމަށެވެ.

ދުނިޔޭގެ އެންމެ ބިޔަ ގެރީގެ ގޮތުގައި ބެލެވޭ ގެރި ފެނިފައިވަނީ އޮސްޓްރޭލިޔާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފު

    އިންޑިޔާ މީހުންނާ ހަވާލުކުރޭ

  2. ސައްތާރު

    މަހީކުރީ އިށީނދެގެންއިން ކުއްޖާކަމައް.

    • އެ

      ނޫން މަޖަލެއް ވަރަށް ކަޑަ ކޮމެންޓެއް

    • ހުސޭނުބޭ

      އެހެންވަނީވިއްޔާ ބުއްފުޅި ޖައްސަނީ ނުބައި ގޮތަކަށް!!!!!!!!!!!!!

  3. ގެރި ބަކަރި

    ގެރި އެއްތޯ؟ ނޫނީ ބަކައްޓެއްތޯ؟