ދެ އަހަރު ވަންދެން، ރޭޕުގެ ޝިކާރައަކަށް ވަމުންދިޔަ ފުރާވަރު އުމުރުގެ ކުއްޖަކު، ރޭޕު ކުރަމުން ދިޔައީ ބައްޕަކަން ފަޅާ އަރައިފިއެވެ. އަމިއްލަ ބައްޕައާއި އެހެން ބައެއްގެ ޝިކާރައަށް މި ކުއްޖާވިއިރު، މި މައްސަލައާ ގުޅިގެން މި މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓުގެ ކަންނޫރުން މިކަން ފަޅާ އަރާފައިވާއިރު ކުއްޖާގެ ބައްޕައާއި ބައިވެރިވެގެން މިކަން ކޮށްފައިވަނީ އިތުރު ފަސް މީހުންނެވެ.

ކަންނޫރު ޑިސްޓްރިކްޓް ފުލުހުންގެ ވެރިޔާ، އިންޑިޔާގެ މަޝްހޫރު ޓީވީ ޗެނަލެއްކަމުގައިވާ "އެންޑީޓީވީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި މީހުން ހައްޔަރުކޮށްފައިވަނީ މި ހަފްތާގެ ތެރޭގައިކަމަށެވެ. ފުލުހުންގެ ވެރިޔާ އިތުރަށް ބުނެފައިވާ ގޮތުން މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި މި ހުރިހާ މީހުންނަކީވެސް އުމުރުން 30 އަހަރުން މައްޗަށް ގޮސްފައިވާ މީހުންކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ވެރިޔާ އިތުރަށް ބުނެފައިވާ ގޮތުން، މި ކުއްޖާއަކީ ގުރޭޑު 10 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ. އަދި، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް އެކުއްޖާ ރޭޕުގެ ޝިކާރައަށްވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ވެރިޔާ އިތުރަށް ބުނެފައިވާ ގޮތުން މިކަން އެންމެ ފުރަތަމަ އެނގިފައިވަނީ ކުއްޖާގެ ބޭބެއަށެވެ. ބޭބެއަށް އެނގުމުން ކޮއްކޮއާ މިކަމާ ގުޅިގެން ވާހަކަ ދައްކާ އިތުރަށް ކަންކަން ސާފު ކޮށްފައިވެއެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ކުއްޖާގެ މަންމައެވެ.

ރޭޕުގެ ކަންކަމަކީ އިންޑިޔާގައި އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދ

    އަހަރެން މި ޚަބަރު ކިޔަން ބޭނުންވީވެސް ރޭޕް އިންޑިއާ ނޫނީ ޝައިޠާނީ އެމެރިކާގެ ކަމެއްކަން ކަށަވަރު ކުރުން.

  2. ބުޅާ

    ހެހެހެ ތިކަންތައް ޖަޒީރާގައިވެސް ދެން ފެޝޭނެ

    • ސސސ

      ޔަގިީނެެެެެެެއްނު!!!