އާޖެންޓީނާ އާއި ބާސާގެ ތަރި، ލިއޮނަލް މެސީގެ ޖާޒީއެއް، ހުލިކޮތަޅަކުން ހަދައިގެން ލައިގެން ހުރި ކުއްޖަކަށް މީގެ ކުރިންވަނީ ދުނިޔޭގެ ސަމާލުކަން ލިބިގެން ގޮސްފައެވެ. އެކުއްޖާއަށް ލިބެމުންދިޔަ ސަމާލުކަމުގެ ސަބަބުން އެންމެ ފަހުން މެސީއާ އަސްލަށް ބައްދަލު ކުރެވޭގޮތްވެސް ވިއެވެ.

އެހެންނަމަވެސް، އެކުއްޖާ މިހާރު އުޅެމުން ދަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަފްޣާނިސްތާނަށް އުފަން މި ކުއްޖާ ކޮށާ، މަރާލާނެކަމުގެ އިންޒާރުވަނީ ދީފައެވެ. ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާ ކޮށާލާނެކަމުގެ އިންޒާރު ދީފައިވަނީ ހަނގުރާމަވެރި ތާލިބާން ޖަމާއަތުންނެވެ.

މުރުތަޒާ ބާސާއާއެކު

މުރުތަޒާ އަޙުމަދީ ނަމަކަށް ކިޔާ މި ކުޑަ ކުޑަ މެސީ އަށް ދެމުންދިޔަ އިންޒާރުތަކުގެ ސަބަބުން، މުރުތަޒާގެ އާއިލާއަށްވަނީ އޭނާ ގޮވައިގެން އެހެން ތަނަކަށް ދިއުމަށް މަޖުބޫރުވެފައެވެ. އެގޮތުން، އެމީހުން ކުރިން އުޅެމުންދިޔަ ޣަޒްނީ ސަރަޙައްދު ދޫކޮށް އެމީހުން ވަނީ އެހެން ސަރަޙައްދަކަށް ފިލައިގެން ގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ގެދޮރު ދޫކޮށް ދިޔައިރު، މެސީ މުރުތަޒާ އަށް ހަދިޔާ ކުރި ފުޓުބޯޅަ ގެންދެވިފައި ނުވެއެވެ.

މި ކުއްޖާ އަށް މުޅި ދުނިޔޭގެ ސަމާލުކަމާއި ހަމްދަރުދީ ލިބިގެން ދިޔައިރު އެކުއްޖާ މެސީއާ ބައްދަލުކޮށްފައިވަނީ މެޗަކަށް ގޮސްގެންނެވެ. އެކަން ފަހިކޮށްދީފައިވަނީ ޔުނިސެފް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މެސީ

    ކީކޭ އަޅެ ފަޙެ ބުނާނީ.......

  2. ސާޑު

    ﷲ ގެ ރަހުމަތުން އެއްވެސް ކަމެއް ނުވާނެ އެކުއްޖާއަކައް އިރާދަ ކުރެއްވިއްޔާ

  3. ލިމްލީ

    މުސްލިމުންގެ ލޭބޯހިތުން ހޭބަލިވިޔަސް ތީބޮޑުވަރު.ތޯލިބާނުންނޭ މިކިޔާ ހައްދުފަހަނައަޅާފައިތިބި ބީތާތަކަށް ކުޑައެއް ބޮޑެއްނޯވޭ.މީހަކަށް އިންޒާރުދީދީ އަބަދުވެސް. ޅަދަރިން މެރޭވަރު މަދީއަދިވެސް. ފުޓުބޯޅަކުޅުންވެސް ހަރާމް.ކެއުމާއިބުއިންވެސް ހަރާމް.ދުނިޔޭގައި އުޅުންވެސް ހަރާމް. ހަމައެކަނި ހުއްދައޮތީ "ޝަހީދުވާން"

    • ހެހެ

      ކެކެކެ ހަޖަމް ބުރޯ!

  4. ޕީޖޭ

    މުސްލިމުން ބައިބައިކުރަން ތާލިބުންނޭ ކިޔައިގެން ފަތުރާ ދޮގު ހަބަރުތައް ވަގުތުން ގެނެސްދޭކަން ފާހަގަކުރެވޭ..ތާލިބާނުން ބުނިކަން ޔަގީންވާ އޮތޮންޓިކޭޓެޑް ސޯސް އެއް ދައްކަވާ އޭރަށް ގަބޫލުކުރަނީ ނޫންނަމަ މިއީ ހަމަ ހޮޅުއަށީ ދައްކާ ވާހަކަ..

    1
    1