އިންޑިއާގެ ބިހާރު ސްޓޭޓްގައި ޖުވާ ކުޅެގެން މީހަކުގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެ، އެންމެ ފަހުން ދަރިން ވެސް ބެޓް ކުރަން އަރުވާ، އެބެޓުން ބަލިވެ ތިން އަހަރުގެ ދަރިފުޅު ވެސް ޖުވާ ކުޅެކެން މޮޅުވި މީހާ އަށް ދޭން ޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނަ ގޮތުގައި ބިހާރުގެ އަވަށެއްގައި ކުރިއަށް ދިޔަ ޖުވާ ކުޅުމުގެ ހަރަކާތެއްގައި 50 ބެޓް ކޮށްގެން ވެސް ބަލިވި މީހަކު ވަނީ އޭނަގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވުމުން އެންމެ ފަހުން ތިން އަހަރުގެ ފިރިހެން ދަރިފުޅު އޭނާ ބެޓަށް ނެރޭ މުދަލުގެ ގޮތުގައި ބަހައްޓާފައެވެ. އެގޭމުން އޭނާ ބަލިވުމުން މޮޅުވި މީހާ ވަނީ ކުޑަ ފިރިހެން ކުއްޖާ އޭނާގެ ގެއަށް ގެންގޮސްފައެވެ. ނަމަވެސް ބަލިވި މީހާ ވަނީ ދަރިފުޅު ދޭން ފަހުން ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން މައްސަލަ ނިންމަން ޖެހުނީ ކޯޓުންނެވެ. ކޯޓުން ވަނީ އެފަދަ ބެޓެއް ކުރުމުން ބަލިވި މީހާ 50 ފަހަރު ޕުޝްއަޕް ހަދަން ޖައްސުވާފައެވެ. އަދި މޮޅުވި މީހާ ވެސް 25 ފަހަރު ޕުޝްއަޕް ހަދަން ޖެއްސުވިއެވެ. ކޯޓުން މައްސަލަ ނިންމީ ކުޑަ ކުއްޖާ އޭނާގެ ބައްޕަ އާއި ހަވާލު ކުރުމަށެވެ. އަދި ދެން އެފަދަ ބެޓެއް ކޮށްގެން ޖުވާ ނުކުޅެން ވެސް ވަނީ އަންގާފައެވެ.

މީގެ ކުރިން ވެސް އިންޑިއާ މީހުން ވަނީ މިފަދަ އާދަޔާއި ހިލާފު ބެޓްތައް ކޮށްގެން ޖުވާ ކުޅެފައެވެ. ބައެއް މީހުން ޖުވާ ކުޅެގެން އަނބިމީހާ ވެސް މޮޅުވި މީހާ އަށް ދޭން ޖެހިފައި އެބަހުއްޓެވެ. އަދި ބައެއް މީހުން އެމީހުންގެ ގެދޮރު ވެސް މޮޅުވި މީހާ އަށް ދޭން ޖެހިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިރިތި ގުރުއާނުގަ ޖުވާކުޅުމާ ރާބުއިމަކީ ހަރާން ކަމެއް ކމަމުގައި ލައްވާފައިވާނީ މިފަދަ ސަބަބުތަކަށްޓަކާ.

    • އަސްލުވެސް...މާތްﷲއީ އެންމެހާ ކަންކަން މޮޅަށް ދެކެދެނެވޮޑިގަންނަވާ ފަރާތް.އިންސާނާއަށް ފައިދާއާއި ގެއްލުން ހުރި ގޮތްތައް އަންގަވާފައި ވާހިނދުވެސް އިންސާނާ އަވަސްވެގަންނަނީ ނުބައިކަންތައްތައް ކުރުމަށް.