އަވަށްޓެރި އިންޑިޔާގައި، އިންސާނުންގެ ފުރާނައަށްވުރެ ގެރީގެ ފުރާނަ ސަލާމަތްކުރުމަށް އިސްކަން ދިނުމަށް ފުލުހުންނަށް އަންގައިފިއެވެ. މި ގޮތަށް އަންގާފައިވަނީ އެޤައުމުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގައެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ފުލުހުންް މިފަދައިން ޢަމަލު ކުރަން ޖެހިފައިވަނީ، އެ ސަރަޙައްދުގައި ގެރިތަކެއް މަރާލި މީހުންނަށް ޙައްޤުވާ ހަރުކަށި އަދަބު ދިނުމަށް ސަރަޙައްދުގެ ޗީފް މިނިސްޓަރު ގޮވާލި ނަމަވެސް، އެކަމުގެ ސަބަބުން ގެއްލިގެން ދިޔަ އިންސާނުންގެ ފުރާނައަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައި ނުވެއެވެ.
އެސަރަޙައްދުގެ ޗީފް މިނިސްޓަރެއްގެ ގޮތުގައި ހުންނަނީ ހިންދޫ އިންގެ ހާމުދުރެއްކަމުގައިވާ ޔޯގީ އަދިޔާނަތު އެވެ.
ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި ގޮތަށް ކަންތައް ވެފައިވަނީ ދާދިފަހުން އުއްތަރަ ޕްރަދޭޝްގެ ބުލަންދުޝަހަރުގައި ގެރިއެއް ކަތިލި މައްސަލައިގައެވެ. އެގޮތުން، ބަޔަކު ގޮސް ގެރިއެއް ކަތިލުމުން، ހިންދޫ އިންގެ މީހުން ވަނީ ގޮސް އެހެން ބަޔަކަށް އަނިޔާކޮށް މަރާލާފައެވެ. ހިންދޫ އިންގެ އަނިޔާތަކުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރަކުވެސް ހިމެނެއެވެ.
އެހެންނަމަވެސް، ފުލުހުންނަށް މަޖުބޫރުވެފައިވަނީ ފުލުސް މީހާގެ މަރުގެ މައްސަލަ ބެލުމުގެ ބަދަލުގައި ގެރީގެ މަރުގެ މައްސަލަ ބަލާށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަޙައްދުގައި ގެރިއެއް ކަތިލުމުގެ ސަބަބުން ބައެއް ތަންތަނުގައި ހުޅު ޖަހާ، ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ދީފައެވެ.
މިވަރު ބައެއްގެ ފަހަތުން މިހާރުގެ ސަރުކާރުން ހޭބޯނާރާ މި އާދޭސް ކުރަމުން ދުވަނީ..
އަޅެ ފަހެ މިވެރިންއުޅޭ ގޮތަކުން މީހަކު މޮޔަވެދާނެ.ހުރިހާ އިންސާނުންތައް އިންޑިޔާއިން ބޭރުކޮށް ހަމައެކަނި ގެރިތަކަށް ހާއްސަ ގައުމެއްކަމުގަ ހަދަން ފެނޭ.އަދި ގައުމު ހިންގަން ޖާނުންވަރުގަދަ ގެރިޔަކާ ހަވާލުކުރަން ފެނޭ.....ބޯހަލާކު..
އަނެއްކާ ތިޔަ ތަނުގައި ގެރީގދ ބަނޑުން އިންސާނުން ވިހަނީތަ؟
މޯދީ. ޖަސަޓް ޗިލް. ހޭވް އަ ބީފް ބާރގާރ.
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މަރުކަޒުގެ ކުރިމަތީގައި ގެރިމަސް ޕުރޮސެސްކުރާ ފެކްޓަރީއެއް އެޅުމައްޓަކައި ބޭނުންވާ ފައިސާ އިންޑިޔާގެ ހިލޭ އެހީގެ ތެރެއައް ވައްދައިދެއްވުމައް ސަރުކާރުން އިންޑިޔާގެ ބޮޑުވަޒީރައް ދަންނަވާދެއްވުން އެދެމެވެ.
ހަހަހަ....ވ.ރަނގަޅު ހިޔާލެއްތިދިނީ..
ﷲތައާލާ އިންސާނުންގ ކެއުމާއި އަދި އެހެނިހެން ބޭނުން ތަކައް މިދުނިޔެއަޠް ލައްވާ ފައިވާ އެއްޗެ ގެރިޔަކީ މިމީހުން ތިބެގެން މޮޔަވަނީ ހޭބަލިވިޔަސް މީދެން ބޮޑުވަރެއް ނޫން ބޮޑުސިންގާ އިންސާނުން