އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހޭރީގެ މަންމަ، ޕްރިންސަސް ޑަޔާނާ ތުރުކުރައްވާފައިވާ ހެދުމެއް، އެއްލައްކަ ޑޮލަރަށްވުރެ ބޮޑުކޮށް ވިއްކާލަން އަގު ކިޔައިފިއެވެ. މި ހެދުން ވިއްކާލަން، ނީލަމަކަށް ލައިފައިވަނީ އެއްލައްކަ ހަތާވީސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ އަށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި ހެދުން ނީލަމަށް ލައިފައިވަނީ މީގެކުރިން ސެކަންޑް ހޭންޑް ހެދުން ވިއްކާ ފިހާރައަކުން މި ހެދުން ގަނެފައިވާ މީހެކެވެ. އެމީހާ މި ހެދުން ގަނެފައިވަނީ އެންމެ 255 ޑޮލަރަށެވެ.

ޑަޔާނާގެ ފިރިކަލުން، ޕްރިންސް ޗާލްސްގެ އަރިހުގައި ގަލްފުގެ ބައެއް ޤައުމުތަކަށް ޑަޔާނާ ކުރެއްވި ދަތުރުފުޅެއްގައި މި ހެދުން ތުރުކުރައްވާފައިވާއިރު، ހެދުން އުފެއްދުމަށް ބޭނުން ކޮށްފައިވަނީ އެދުވަސްވަރުގެ އެންމެ މޮޅެތި އުފެއްދުންތަކެވެ. އެގޮތުން އައިވަރީ ފަށުވި ބޭނުންކޮށްގެން މި ހެދުންވަނީ ތައްޔާރުކޮށްފައެވެ.

ޑޭވިޑް އަދި އެލިޒަބަތު އެމަނުއެލް ޑިޒައިން ކޮށްފައިވާ މި ހެދުން، ސެކަންޑް ހޭންޑް ހެދުން ވިއްކާ ފިހާރައަކަށް ލައިފައިވަނީ ޑަޔާނާގެ ހައުސްކީޕަރެވެ. އަދި މިއަކީ ޑަޔާނާ ވަރަށް ގަޔާވާ ތަނެއްކަމަށާއި ހެދުން އެތަނަށް ވިއްކަން ލައިފައިވަނީވެސް ޑަޔާނާގެ އެދިވަޑައިގެންނެވުމުގެ މަތިންކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައިވެއެވެ.

މި ހެދުން ފަހުން ގަނެފައިވާ މީހާ މި ހެދުން ގަނެފައިވަނީ ކޮންމެވެސް ޙަފްލާއެއްގައި ލުމަށްކަމަށްވެއެވެ. އެހެންނަމަވެސް، އެމީހާ އެއްގޮތަކަށްވެސް މި ހެދުން ލައިފައި ނުވެއެވެ.

އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން ޑަޔާނާގެ މިފަދަ އަގުބޮޑެތި ތަކެތި ނީލަން ކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު