ދުނިޔޭގައި ވަރަށް މަދު މީހެއްގެ ގައިގައި ނޫނީ ނުހުންނަ ބާވަތެއްގެ ލޭ ހުންނަ ކުއްޖެއްގެ ގަޔަށް އެޅުމަށް ބޭނުންވާ ލޭ ހޯދުމަށް މުޅި ދުނިޔޭގެ އެހީއަށް އެދިއްޖެއެވެ. މި ކުއްޖާއަށް ލޭ ހަދިޔާ ކުރާނެ ޑޯނަރެއް ހޯދުމަށް، ދުނިޔޭގެ އެހީއަށް އެދިފައިވަނީ މި ކުއްޖާގެ ބައްޕައެވެ.

މި ކުއްޖާ އަށް ލޭހޯދުމުގެ މަސައްކަތް ކުރަމުންދާ "ވަން ބްލަޑް" ނަމަކަށް ކިޔާ ޖަމިއްޔާ އަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާގެ ގަޔަށް ލޭ އެޅުމަށް ލޭ ހޯދަމުން ދަނީ ކުއްޖާގެ ގައިގައި ހުންނަ ބައްޔެއްގެ ސަބަބުން އެކަމުގެ ފަރުވާ އަކަށެވެ. ބަނޑުގައި އުފެދިފައިވާ ޓިއުމަރަކުން އުފެދުނު ކެންސަރުގެ ސަބަބުން މި ކުއްޖާ އަށް ލޭ ބޭނުންވަނީއެވެ.

ޒައިނަބު މޫގަލް ނަމަކަށް ކިޔާ މި ކުއްޖާއަށް ލޭ ހޯދުމަށް ދުނިޔޭގެ އެހީއަށް އެދިފައިވާއިރު، ފަރުވާގެ ތެރޭގައި ލޭ ބޭނުންވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ޒައިނަބުގެ ބޯންމެރޯ ޓްރާންސްޕްލާންޓް އެއް ހަދަން ޖެހެނީ ކެންސަރަށް ފަރުވާ ދިނުމަށް ކީމޯތެރަޕީ ދިނުމަށްޓަކައި، އެކަމަށް އެހީއެއްގެ ގޮތުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބާވަތަކީ ދުނިޔޭގެ އެންމެ ހަތަރު އިންސައްތަ މީހުންގެ ގައިގައި ހުންނަ ބާވަތެއްގެ ލެއެވެ. މުމްބާއީ ބްލަޑް ގްރޫޕު ނުވަތަ އެޗްއެޗް ބްލަޑް ގުރޫޕުގެ ނަމުން މި ބާވަތުގައި ލޭ މަޝްހޫރުވެފައިވާއިރު، މި ލޭ ހުންނަ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ޑޯނަރެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މި ކުއްޖާގެ އާއިލާގެ އެއްވެސް މީހެއްގެ ލެޔާވެސް، މި ކުއްޖާގެ ލޭގެ ގުރޫޕު ނުގުޅެއެވެ.

މި ކުއްޖާއަށް ލޭ ހަދިޔާކުރަން މަދުވެގެން 10 ޑޯނަރުން ބޭނުންވެއެވެ.

މިހާތަނަށް 1000 މީހުންގެ ކްރޮސް މެޗު ހަދާފައިވީނަމަވެސް، ކްރޮސް މެޗު ސީދާވެފައިވަނީ އެންމެ ތިން މީހުންގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަތީ

  އަޅުގަނޑު ތައޔާރު

 2. ާަަަސަމްސާ

  ކޮންކަހަލަ ލޭ ކަން ބަޔާންކުރުން މުހިއްމު.

  • އެޗް އެޗް

   އެޗް އެޗް

 3. ކ

  އިންޝާﷲ ލިބޭނެ