ހަނދުގެ އަދިރި ފަރާތް ދިރާސާ ކުރަން ޗައިނާއިން މިއަދު އުޅަދެއް ހަނދަށް ފޮނުވާލައިފިއެވެ.

"ޗޭންޖް 4 " އުދަޅު ކާމިޔާބު ކަމާއި އެކު އުދުއްސާލާފައި ވާއިރު 27 ދުވަހުގެ ދިގު ތަދުރަކަށް ފަހު މި އުޅަދު ހަނދުގެ އަދިރި ފަރާތުގައި ޖައްސާނެއެވެ.

ބިމުގެ ވަށައިގެން ދަތުރުކުރާ ހަނދަކީ ބިމުގެ ބައެއް ކަމަށާއި ހަނދު އުފެދުނީ ބިމުގެ ތެރެއިން ކަމަށް ބުނާ އިރު މި އުޅަދުން ހަނދުގެ ގިނަ ދިރާސާތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަނދުގެ އަދިރި ފަރާތުގައި ހުރި ބޮޑު ވަޅިގަޑެއް އުފެދެން މެދުވެރިވި ގޮތް ބަލާނެއެވެ.

ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަދެއް ހަނދަށް ފޮނުވާފައެވެ. ހަނދުވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރުދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަދަށެވެ.

ޗައިނާއިން އެގައުމުގެ ސްޕޭސް ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުން އަންނައިރު ދާދި ފަހުނަ މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.

އިރަވީ ނިޒާމުގައިވާ އެހެން ގުރަހަ ތަކަށް ނިސްބަތް ވާ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ.

ހަނދު އުފެދުނު ގޮތާބެހޭ ގޮތުން ކުރިިން ނެރެފައިވާ ނަޒަރިއްޔާ ބުނަނީ ހަނދު އުފެދިފައި ވަނީ ޖައްވުންއައި ބިޔަ ގިނި ޖެހިގެން ކަމަށާއި ނަމަވެސް ހަނދަކީ ބިމުގެ ބައެއް ނޫން ކަމުގައެވެ. އަދި ހަނދަކީ ޖައްވުން އައިސް ބިމުގައި ޖެހުނު އެއެތީގެ ބައިތައް ޖައްވަށް ބުރައިގެންގޮސް އެއިން އުފެދުނު ޖައްވީ މާސް އެއް ކަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮންޕޮމް

    "ބިމުގެ ވަށައިގެން ދަތުރުކުރާ ހަނދަކީ ބިމުގެ ބައެއް ކަމަށާއި ހަނދު އުފެދުނީ ބިމުގެ ތެރެއިން ކަމަށް ބުނާ އިރު މި އުޅަދުން ހަނދުގެ ގިނަ ދިރާސާތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ."
    .
    މިކަމަށް ޤުރުއާނާ ސުންނަތުން އެއްވެސް ދަލީލެއް ލިބިފައިވޭތޯ؟ އެނގޭ ބޭފުޅަކު ހިއްްސާކޮށްދެއްވާ.