ފައިދިގުމަކުނަކީ ގިނަ މީހުން އެ ސޫއްޕެއް ދެކެ ބިރުގަންނަ ސޫއްޕެކެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އެއީ ވިހައެކެވެ. ނަމަވެސް ސައިންސްވެރިން މިވަނީ މިކަން ދޮގުކޮށްފައެވެ. އެގޮތުން ސައިންސްވެރިން ވަނީ ބައެއް ކަހަލަގެ މަކުނަކީ އިންސާނުންނަށް ފައިދާހުރި މަކުނުތަކެއް ކަމަށް ބުނެފައެވެ.

އެގޮތުން މަކުނުގެ ބާވަތެއް ކަމަށްވާ ޓޮކްއެސް މެގްނަސް އަކީ އިންސާނުން ބުއިމަށް ރައްކާތެރި ކިރު އުފައްދާ އެއްޗެއްކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެއީ ގެރީގެ ކިރަށް ވުރެއް އެތަށް ގުނައެއް ރައްކާތެރި އަދި ފައިދާހުރި ކިރެއް ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

އެ މަކުނު (ޓޮކްއެސް މެގްނަސް) ކިރު އުފެއްދުމަށް ފަހު 4 ދުވަސް ނުވަތަ 6 ދުވަސް ތެރޭގައި މަރުވެއެވެ.

ޗައިނާގެ އެކެޑެމިކް އޮފް ސައިންސްގެ ޕްެރޮފެސަރެއްކަމަށްވާ ޒަންގީ ޗެން ބުނެފައިވާ ގޮތުގައި ޓޮކްއެސް މެގްނަސް ގެ ކިރަކީ މުސްތަގުބަލުގައި އިންސާނުންގެ ބޭނުންތަކަށް ބޭނުންކުރުން މުހިންމު ކިރެކެވެ. އަދި އެ ކިރުގައި ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަރަލްސް އެކުލެވިގެންވާ ކަމަށް އޭނާ ބުނެއެއެވެ.

ފައިދިގުމަކުނުގެ ކިރަކީ ސިއްހީ ގޮތުން ރައްކާތެރި ކިރެއް ކަމަށް ސައިންސްވެރިން ގަބޫލުކުރާއިރު ދާދި ފަހުން ވަނީ ކުރަފީގެ ކިރަކީވެސް ރައްކާތެރި އަދި އިންސާނުންގެ ބޭނުންތަކަށް ބޭނުންކުރެވިދާނެ ކިރެއް ކަމަށް ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަފަ

    ލޮލް

  2. ހުރާގަނޑު

    ބުޅާކިރުވެސް ތިޔަށްވުރެ ފައދާ ބޮޑުވާނެ ކަމަށް ބުނާ ސައިންސް ވެރިން އަދި އުފަންވާނެ !

    • ބެޓްމޭން

      އަދި ބަނބުކެޔޮގަހުގެ ކިރުވެސް ތިބައިގަ ހިމަނާލުން މުހިންމު.

  3. Ach
  4. ފަޒީލާ އިކްލީލް

    ކުޑަކުދިންނަށް އެންމެންނަށް ރަގަޅީ މައިމީހާގެ ކިރު