ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ، ނަން ހާމަ ނުކުރާ އިސް އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ އޮންލައިން ނޫހެއް ކަމުގައިވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ ބީޖޭޕީން ލޯކް ސަބާ އަށް ވާދަ ކުރާ ގޮނޑީގެ ތެރެއިން ޕޫނޭގެ ގޮނޑި އަށް ވާދަ ކުރަން ޝޯޓް ލިސްޓްކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މަދޫރީ ހިމެނޭ ކަމަށާއި އެހެންކަމުން އެ ޓިކެޓް މަދޫރީ އަށް ދޭން އެ ޕާޓީއިން ވަނީ ވަރަށް ސީރިއަސްކޮށް ވިސްނާފައިކަމަށެވެ1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަން ކުރި މަދޫރީއަކީ މިހާރުވެސް ބޮލީވުޑްގައި ބާރަށް ފިޔަޖަހަމުން އަންނަ ކުޅަދާނަތަ ތަރިއެކެވެ.

އުމުރުން 51 އަހަރުގެ ބަތަލާ ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ހަބަރު ފަތުރާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ބީޖޭޕީގެ ލީޑަރު އަމިތު ޝާހް މުމްބާއީގައި މަދޫރީއާ ބައްދަލުކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކާފައި ވަނިކޮށެވެ.

ބޮލީވުޑްގެ ބަތަލާ ލޯކް ސަބާގެ ގޮނޑިއަކާ އެކު، މަދޫރީ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމުގެ އަޑުތަށް ފެތުރިފައިވީ ނަމަވެސް މިކަމަށް ރަސްމީ ސިފައެއްގައި މަދޫރީ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

"ދިލް"، "ސާޖަން" އަދި "ރާޖާ" ފަދަ ކާމިޔާބު ފިލްމުތަށް ކުޅެދީފައިވާ މަދޫރީ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ އަންނަ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒް ކުރާ މަރާޓީ ފިލްމު "ބަކެޓްލިސްޓް" އެވެ. މަދޫރީ މިހާރު އަންނަނީ އަންނަ އަހަރު ރިލީސް ކުރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ކަމަނާފާނު އެންމެ ގުޅިވަޑައިގަންނަން އައުލާކަންބޮޑު ޕާޓީއަކީ އެމްޑީޕީ. އެޕާޓީގަ ތަނެއް ދޮރެއް އިލްމެއް ހިލްމެއް ފޮތެއް ނޭގުނަސް، މިނިސްޓަރުކަމާ މަޖިލިސް ގޮނޑި ލިބޭނެ.