އެމެރިކާގެ ޖައްވީ އެޖެންސީ ނާސާގެ "އިންސައިޓް ލޭންޑާ" ނެގި މާސްގެ އިތުރު ފޮޓޯ ދުނިޔެ އަށް ފޮނުވައިފިއެވެ.

މި ދިޔަ ހަފްތާގައި ކާމިޔާބު ކަމާއިއެކު މާސްގައި ޖެއްސި މި އުޅަދުން ފޮނުވި މާސްގެ މަންޒަރު ފެންނަ ފޮޓޯ ނަގާފައިވަނީ އުޅަދުގައި ހުރި ރޮބެޓިކް އާމް ކެމެރާއަކުންނެވެ. މި ކެމެރާއިން ނެގި ފޮޓޯ ތަށް ކުރިން އެ އުޅަދުން ނެގި ފޮޓޯތަކަށް ވުރެން ސާފުކޮށް މާސްގެ މަލަމަތި ދައްކައެވެ.

މާސްގެ އުޅަދުން ނެގި ފޮޓޯ އިން އުޅަދު ޖެއްސި ހިސާބު ވަށައިގެން މާސްގެ ފަރުބަދަ ތަކާއި ސަހަރާތަށް ވަރަށް ސާފުކޮށް ފެނިގެން ދެއެވެ. މި އުޅަނދު ވަނީ މާސްގެ މުގައި ޖައްސިތާ 7 މިނިޓު ފަހުން ފުރަތަމަ ސިގްނަލް ދުނިޔެ އަށް ފޮނުވާފައެވެ.

ނާސާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި އުޅަނދު މާސްގައި ދިރުން ހުރި ކަމުގެ ނިޝާންތަށް ހޯދުމަށް ތަހުލީލު ކުރަން ފަށާނެވެ.

ނާސާއިން ގަބޫލު ކުރާގޮތުގައި އިއްޔެ ޖެއްސި އުޅަދަށް މާސްގެ އުތުރު ބިތުގައި އުފެދިފައިވާ ހިރަފުހުގެ ތޫފާނުގެ އަސަރު ކުރުން އެކަށީގެންވެ އެވެ. މާސްގައި އަބަދުވެސް އުފެދޭ މި ތޫފާންތައް އަންނަނީ އަހަރަކަށް ފަހު އަހަރެއް ބާރު ގަދަވަމުން ކަމަށް ނާސާއިން ހާމަކުރެ އެވެ.

ނާސާގެ އުޅަދަކީ 850 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. މި އުޅަނދު ކުރިއަށް އޮތް ދެ އަހަރު މާސްގައި ތަހުލީލު ކުރުންތައް ކުރިއަށް ގެންދާނެއެވެ.

ނާސާގެ އުޅަނދެއް މީގެ ހަ އަހަރުކުރިން 2012 ވަނަ އަހަރުވެސް ވަނީ މާސްގައި ޖައްސާފައެވެ. "ކިޔުރިއޯސިޓީ" ގެ ނަމުން ނަންދީފައިވާ މި އުޅަނދު ދިގު ރާސްތާއެއް ކަޑައްތުކޮށް މާސް އަށް ފޯރުމަށް ނުވަ މަސް ދުވަސް ނެގި އެވެ. އެ އުޅަނދު މާސްގެ ބިމަށް ޖެއްސީ އޮގަސްޓް 6، 2012 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    މި ދުނިޔޭގެ ފޮޓޯ ތައް ދުރުދުރުން އަރިއަރިއަށް ނުނަގަނީ ކީއްވެތަ !

    2
    1
  2. ފަޒީލާ އިކްލީލް

    ވަރަށްސަޅި