އެމެރިކާގެ ޕެންސިލްވޭނިޔާ ސްޓޭޓުގައި ހުންނަ ޖަލަކުން މީހަކު މިނިވަން ކޮށްގެން ނެރުނުތަކުން ވައްކަމެއް ކޮށްފިއެވެ. މި މީހާ ވައްކަން ކޮށްފައިވަނީ ޖަލުގެ ބޭރުގައި އޮންނަ ޕާކިންގ ލޮޓުގައި އޮތް ކާރެކެވެ.

ޕެންސިލްވޭނިޔާގެ ވެސްޓްމޯރލޭންޑުގެ ކައުންޓީ ޖަލުން، އުމުރުން 36 އަހަރުގެ ތޯމަސް ލީ ވިލިއަމްސް މިނިވަން ކޮށްގެން ނެރުނުތަނުން އެންމެ ފުރަތަމަ އަންހެނަކަށް ހަމަލާ ދިނީކަމުގައެވެ. އެތަނުގައި ހުރި އެ އަންހެން މީހާއަށް ވައްކަން ކުރުމަށްފަހު ފޭރިގަނެގެން ދިޔައީ އެމީހާގެ ކާރެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ތޯމަސް ކާރު ވަގަށް ނަގައިގެން ދިޔައިރު، އޭގެތެރޭގައި އެއަންހެން މީހާގެ އެއް އަހަރުގެ މާމަ ދަރިފުޅުވެސް އިނެވެ.

އެމެރިކާގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ކާރު ވަގަށް ނަގައިގެން ދުއްވާފައި ގޮސް ވަނީ ޖަންގަލީގެ ތެރެއަށެވެ. އެހެންނަމަވެސް، ފަހުން ފުލުހުންވަނީ އޭނާ އަތުލައިގަނެ، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި، ކާރުގެ ފަހަތު ސީޓުގައި އިން ކުޑަކުއްޖާއާއި ޖަލުން ސަލާމަތްކުރި ތޯމަސް އަނިޔާ ދިން އަންހެން މީހާވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް، އެމީހުންނަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުން، މި މީހާ ޖަލަށް ލައިފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، އަނެއްކާވެސް އޭނާ ޖަލަށްލައިފައިވާއިރު، ކަފާލާތުގެ ގޮތުގައި 250،000 ޑޮލަރު ދެއްކުމުން އޭނާ ދޫކޮށްލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު