ފަލަވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކަންބޮޑުން އިންތިހާއަށް އޮތް މައްސަލައެކެވެ. އަދި މާބޮޑަށް ފަލަވުމަކީ އެމީހަކަށް އެކަމުގެ ސަބަބުން ސިއްހީ އެތަކެއް މައްސަލައެއް ކުރިމަތިވާ ކަމެއްވެސް މެއެވެ. ފަލަވުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށް ވީހިނދު ހިކިވުމަށް ނުވަތަ ލޫޅާފަތިކަންމަތީ ހުރުމަށް ބައެއް މީހުން އަންނަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. ހިކުމަށް މަސައްކަތް ކުރާ ފަރާތްތަކަށް މިވަނީ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި އަނެއްކާވެސް އުފާވެރި ހަބަރެއް ލިބިފައެވެ.

ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު އޮސްޓްރޭލިއާގެ ފްލިންޑާޒް ޔުނިވަސިޓީގެ ސައިންޓިސްޓުން މިހާރު ވަނީ ކިތަންމެ ވަރަށް ކެޔަސް ފަލަވުމާ ދުރުކޮށްދޭ ބޭސްގުޅައެއް ކައިރި މުސްތަގުބަލެއްގައި ވުޖޫދަށް އައިސްފާނެ ކަމަށް ބުނެފައެވެ. ސައިންސްވެރިން ބުނާގޮތުގައި މިބޭހުން މީހާގެ ބަރުދަން އިތުރުވިޔަ ނުދީ ކޮންޓްރޯލްކޮށްދޭނެއެވެ.

އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ޓީމުން ބުނި ގޮތުގައި ހަށިގަނޑުގައިވާ ޖީން އެއްކަމުގައިވާ އާރްސީއޭއެން1 މަދުވުމަކީ މީހާ ފަލަވުން ހުށްޓުވޭނެ ކަމެކެވެ. އެހެންކަމުން ފަލަވުން ހުއްޓުވާ ބޭސް އީޖާދު ކުރަނީ މި ޖީން މަދުވާނެގޮތަށެވެ.

ފަލަވުން ކޮންޓްރޯލްކޮށްދޭ ބޭސްގުޅަ ޓެސްޓު ކުރުމަށް ސައިންސްވެރިން ވަނީ މީދަލުގައި އާރްސީއޭއެން1 ޓެސްޓްކޮށްފަ އެވެ. އޭގެ ނަތީޖާ އިން ދައްކާ ގޮތުގައި އެ ޖީން މަދުކޮށްލުމުން މީދާ ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާކަމެވެ. އެހެންކަމުން މިބޭހަކީ އޭގެ ނަތީޖާ ފެންނަ ބޭހެއްކަމަށް ސައިސްވެރިންނަށް ވަނީ ކަށަވަރުވެފައެވެ.

މި ބޭސް ބާޒާރެއް ނެރޭނެ ސީދާ ތާރީހެއް ސައިންސްވެރިން ހާމަކޮށްފައިނުވާއިރު މި ބޭހުގެ ސަބަބުން ދުނިޔޭގައި އޮބޭސިޓީ ނުވަތަ މާބޮޑަށް ފަލަވުން ކޮންޓްރޯލްކުރެވިގެންދާނެ ކަމުގައި ސައިންސްވެރިން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު