ރެސްޓޯރެންޓަކުން ދިން ކާބޯތަކެތީގެ ކޮލެޓީއާމެދު ޝަކުވާ ކުރި ކަސްޓަމަރަކަށް ރެސްޓޯރެންޓުގެ މުވައްޒަފުން ހަމަލާދީ މަރާލައިފިއެވެ.
މި ހިތާމަވެރި ޙާދިސާ ހިނގާފައިވަނީ އިންޑިޔާގެ ވެރިކަން ކުރާ ދިއްލީގެ އިރުމަތީގެ ސަރަޙައްދުގައި ހުންނަ ރެސްޓޯރެންޓެއްގައެވެ.
އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނާގޮތުގައި ކަސްޓަމަރު، ރެސްޓޯރެންޓުގެ މެނޭޖަރަށް ޝަކުވާ ކުރުމުން، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން މި ކަސްޓަމަރަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުންނެވެ. ތޫނު އެއްޗަކުން އެމީހާގެ ބުރަކައްޓަށް އެތައް ފަހަރަކު ހަމަލާ ދީފައިވާއިރު، އޭނާ މަރުވީ މި ޒަޚަމްތަކާ ގުޅިގެންކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
މި މައްސަލައިގައި ކުށްވެރިވާ ތިން މީހަކު ހައްޔަރުކޮށް، މިކަން އިތުރަށް ދަނީ ތަޙުޤީޤުކުރަމުންނެވެ.
ދިއްލީ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެފަރާތަށް ހުށަހެޅުނު މަރުގެ މައްސަލަތަކުގެ ތެރެއިން 18 އިންސައްތަ މައްސަލައިގެ ފަހަތުގައިވަނީ މިފަދަ ކުދިކުދި ކަންކަމެވެ.
ކެވޭ އެއްޗެއްެގެ ގޮތުން މާ ރުޅި ގަދަ ވަނީ ކަންނޭނގެނުން މުޅި އިންޑިޔާގެ އާބާދީ؟