ޓެކްނޮޖީގެ ގޮތުން ކުރިއަރާފައިވާ ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި ފަޅުގެތައް ގިނަވުމުގެ ސަބަބުން އެއްވެސް އަގަކާއި ނުލައި އެގެތަކުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ގެތައް ދޫކުރަން ފަށައިފިއެވެ.

ޖަޕާނުގެ ސަރަހައްދުތަކުން ހިލޭ ގެތައް ދޫކުރަން ފަށާފައިވަނީ ރަށްފުށުގައި ދިރިއުޅެމުން އައި ގިނަ ފަރާތްތައް ސިޓީތަކަށް ދިރިއުޅުން ބަދަލުކުރުމުގެ ސަބަބުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފަޅުގެތަކުގައި މީހުން އާބާދު ނުކިރެވިއްޖެ ނަމަ 2040 އަންނަ އިރު އެގައުމުގެ 900 އަށް ވުރެއް ގިނަ އަވަށް ފަޅުވެދާނެކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އެކަން ހުށްޓުވުމަށް އެތަންތާނގައި މީހުން އާބާދުކުރުމަކީ މުހިންމު ކަމެއް ކަމުގައި އެފަރާތްތަކުން ބުނެއެވެ،

ޖަޕާނުގެ ގެތައް ދޫކުރާއިރު އެގެތަކަށް އެދޭ މީހުންގެ ކިބައިގައި ބައެއް ކަހަލަ ސަރުތުތައް ހުރުން ލާޒިމްވެގެންވެއެވެ. އެގޮތުން ގެއަށް އެދޭމީހާއަކީ ކައިވެންޏެއްކޮށްގެން އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއް ހުންނަ މީހަކަށް ވާން ޖެހެއެވެ. އަދި އެމީހާއަކީ އުމުރުން 40 އަހަރުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

ޖަޕާނުގެ ބައެއް ސަހަރައްދުތަކުގައި ހުރި ފަޅުގެތައް ސަރުތުހަމަވާ ފަރާތްތަކަށް ދޫކުރަން ފަށާއިފައިވާއިރު މީގެ ކުރިން ޖަޕާނުން ވަނީ ބައެއް ފަޅުގެތައް ވިޔަފާރީގެ އުސޫލުން ވިއްކާފައެވެ.

ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެންމެ ބޮޑަށް ގެއްލުންވި އެއްގައުމެކެވެ، އެގައުމުގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ހިރޯޝިމާއާއި ނަކަޒާކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެއްކޮށް ސުންނާފަތިވެ މުޅި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެށްޓުނެވެ. ނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި ޖަޕާނުން ވަނީ ގައުމު އަލުން އާރާސްތުކޮށް އުމްރާނީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ގައުމަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޭ

    މަށައް ވެސް ދީބަލަ ދޯ.........

  2. މުހައްމަދު

    ކިހިނެތް ވެގެންބާ ތިގެތައް ފަޅުވަނީ...؟