ކާރަކުން ޖެހުނު ކުއްޖަކަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ވުމުން އެކުއްޖާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޮޓިންހަމްގައި އިއްޔެ ކާރު ދުއްވަން ދަސް ކުރަމުން ދިޔަ އަންހެނެއްގެ ކާރުގައި ޖެހުނީ ކުއްލިއަކަށް މަގު ހުރަސްކުރި ހައެއްކަ އަހަރުގެ ފިރިހެން ކުއްޖެކެވެ. ކާރުގެ ޑޭޝް ކެމް އިން ރެކޯޑް ކުރެވިފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުއްލިއަކަށް މަގު ހުރަސް ކުރި ކުއްޖާގެ ގައިގައި އާދައިގެ ވަރަކަށް ދުއްވާފައި ދިޔަ ކާރުން ޖެހުމާއި އެކު ވަރަށް ބާރަށް ވެއްޓެއެވެ. ނަމަވެސް ވެއްޓުމާއި އެކު ތެދުވެ އެކުއްޖާ އަނެއްކާ ވެސް ދުއްވައި ގަނެއެވެ.

މިއެކްސިޑެންޓްގެ ވީޑިއޯ އާންމު ވުމުން ވަރަށް ގިނަ މީހުން ވަނީ އެއީ އަޖައިބެއް ފަދަ ކުއްޖެއް ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަދައްކާފައެވެ. ބައެއް މީހުން ބުނީ އެއީ "ސްޕަހީރޯއެއް" ކަމަށެވެ. އަނެއް ބަޔަކު ބުނީ އެއީ "ދަގަނޑު ކުއްޖެއް." ކަމަށެވެ.

އެކުއްޖާގެ ގައިގައި ކާރުން ޖެހުމުން ކުދިކުދި އަނިޔާތައްވި ކަމަށްވެއެވެ. އެކްސިޑެންޓް ހިނގުމާއި އެކު ޑްރައިވަރާއި ކާރުގައި އިން އިނިސްޓެކްޓަރު ކާރުން ފައިބާ ކުއްޖާ ހުއްޓުވާފައި ވެއެވެ. އަދި އަވަހަށް އެނބިއުލެންސަށް ގުޅައިގެން ހޮސްޕިޓަލަށް ފޮނުވާފައި ވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު ކުއްޖާގެ މަންމަ ވެސް އެސަރަހައްދުގައި ހުއްޓެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލުން މިހާރު ވަނީ އެކުއްޖާ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިނިސްޓެކްޓަރު

    ޢެކަމަކުދޯ!