ލައިވް ކޮށް ޚަބަރު ކިޔަން އިން އެންކަރެއްގެ ބޮލުގައި އަލިފާން ބޯޅައަކުން ޖަހައިފިއެވެ. މިކަން ހިނގާފައިވަނީ ޕާކިސްތާނުގެ ޓީވީ ސްޓޭޝަނެއްގައިކަމަށް މައުލޫމާތު ލިބެއެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯ ކޮޅުތަކުން ފެންނަ ގޮތުގައި މި ޕްރެޒެންޓަރު އިނީ ޚަބަރުތެރެއިން ޕެނަލް ޑިސްކަޝަން އެއް ނުވަތަ މެހުމާނުންތަކަކަށް ބައްދަލުކޮށް ވާހަކަ ދައްކާށެވެ. އެއަށްފަހު، އެއްޗެއް ގޮވާ އަޑާއިއެކު ފެންނަނީ ޕްރެޒެންޓަރުގެ ބޮލުގައި އަލިފާން ބޯޅައަކުން ޖަހާ މަންޒަރެވެ.

މިކަމާ ގުޅިގެން ޕްރެޒެންޓަރު ގުޑުން އަރާ މަންޒަރުވެސް ލައިވް ޓީވީ އިން ފެނެއެވެ. އެއަށްފަހު ޓީވީގެ ކެމެރާ އެހެން ދިމާލަކަށް އަޅުވާލައެވެ. ހަމައެހެންމެ، ޓީވީގައި ތިބި އެހެން ފަރާތްތަކުންވެސް އެވަގުތު މަސައްކަތް ކުރަމުން ދިޔައީ އަލިފާން ބޯޅައިގެ ޙަމަލާތަކުން ސަލާމަތްވުމަށެވެ.

މިއީ ޕާކިސްތާނުގައި ޚަބަރު ކިޔަން އިން މީހަކަށް މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، އެޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕްރޮގުރާމެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ޕްރެޒެންޓަރަށް ކުރިމަތިވި ކަމެއްގެ ސަބަބުން، ބޮޑު ކަންތައްގަނޑެއް ހިނގައިގެން ދިޔައެވެ. އެފަހަރު ޖޯކަކަށްވީ އިމްރާނެވެ.

ކިޔުންތެރިންގެ ހިޔާލު